1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޞިއްޙަތު

ޓެނިސް އެލްބޯ: އުޅަބޮއްޓަށާއި އަތުގައި ރިއްސުން މިއީ ވޭންހުރި ކަމެއް!

prolianceorthopedicassociatescom_534696391 (1)
ޓެނިސް އެލްބޯއަކީ ޓެނިސް ކުޅޭ މީހުންނަށް އެކަނި ދިމާވާ ކަމެއް ނޫން: ފޮޓޯ:ގޫގުލް
ރިޝާނާ ޢަބްދުލްއަޒީޒް
890ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޓެނިސް އެލްބޯއަކީ އުޅަބޮށީގެ ބޭރުގައި ރިއްސުން ސިފަ ކުރުމަށް ބޭނުން ކުރާ އާންމު ލަފްޒެކެވެ. ޓެނިސް އެލްބޯއަށް ލެޓަރަލް އެޕިކޮންޑައިޓިސް،ލެޓަރަލް އެލްބޯޓެންޑިނޯޕެތީ ނުވަތަ އެކްސްޓެންސަރ ޓެންޑިނޯޕެތީގެ ނަމުން ވެސް ނަން ދެވިފައިވެއެވެ. މިއީ އަތުގެ އުޅަބޮށީގެ ބޭރުގައި ދިގު މުއްދަތަކަށް ދިގުދެމިގެންވާ ވޭން ހުރި ރިހުމަކަށް ދީފައިވާ ނަމެކެވެ. ޓެނިސް އެލްބޯގެ ވޭން އުފުލަމުންދާ ފަރާތްތަކަށް އާންމުކޮށް ފެންނަ އަލާމާތްތައް:

  • އަތުގެ އުޅަބޮށީގެ ބޭރުގައި ހުންނަ ކަށިގަނޑު ނިކުމެފައިވާ ( ލެޓަރަލް އެޕިކޮންޑައިލް ) އިން 1 ނޫނީ 2 ސެންޓްމީޓަރު ތިރިއަށް ވާގޮތަށް ރިއްސުން
  • މި ކަމުގެ އަލާމާތްތައް ކުއްލިއަކަށް ވެސް ފެނިދާނެއެވެ. ނަމަވެސް ގިނަފަހަރަށް މި އަލާމާތްތައް ފެނިގެންދަނީ މަޑުމަޑުންނެވެ.
  • އަތްތިލައިގެ ވަށައިގެންވާ މަސްތަކުގައި ބަލިކަން އިހުސާސްކުރެވޭނެއެވެ.

މި ކަމުގެ ސަބަބުން އެއްޗެހީގައި ހިފުން ، ދޮރުހުޅުވުން ، ފުޅީގެ މަތި ނެގުން ނުވަތަ އަތް ދިގުކުރުން ފަދަ އާދައިގެ މަސައްކަތްތައް ކުރުމަކީ ވަރަށް ވޭން ހުރިކަމަކަށް ވެގެންދެއެވެ. މިމައްސަލަ ކުރިމަތިވާ މައިގަނޑުސަބަބު ތަކަކީ :

300 × 250
  • އަތުން ތަކުރާރުކޮށް އެއްވައްތަރެއް ގެ ހަރަކާތްތަށް ކުރުން : މިސާލަކަށް މެނުއަލް ސްކްރޫޑްރައިވަރެއް ފަދައިން ތަކެތި ހިފަހެއްޓުން ނުވަތަ އެނބުރުވުން
  • ކަސްރަތުކުރުމުގެ ތެރޭގައި ބޮޑެތި ބަރު އުފުލުން
  • ތަކުރާރުކޮށް އެއް މަސައްކަތެއްކުރުން

ރިހުން ކުޑަކުރުމަށް ކުރެވިދާނެ ބައެއް ފަރުވާ:

  • ބަރުއެއްޗެހި އުފުލުމާއި ، ދޮރުފަތް ހުޅުވުން ފަދަ ކަންތައްތަކުން ދުރުވުން
  • ރިހުން ކުޑަކުރުމަށް އައިސްޕެކް އެޅުން
  • ޑޮކްޓަރުން ލަފާގެ މަތިން ބޭސް ބޭނުން ކުރުން
  • ޓެނިސް އެލްބޯ ބްރޭސް ނުވަތަ ސަޕޯޓެއް އެޅުން، މިއީ އެލްބޯއަށް ވާ ޕުރެޝަރ ކުޑަކުރުމަށް އެހީވެދޭ އެއްޗެކެވެ.
  • މަސާޖުކުރުން
  • ޑޮކްޓަރުގެ ލަފާގެ މަތިން އިލެކްޓްރޯ ތެރަޕީ ދިނުން ހިމެނެއެވެ.

މިއީ މިހާރު ވަރަށް އާންމު ކަމެއް ކަމުން މިކަމާއި ބެހޭ މައުލޫމާތު އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި