ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް ޓޫރިޒަމް ފުޅާކޮށް ސަރުކާރުން ގިނަ ގުނަ މަސައްކަތް ކުރައްވާ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ފާތުމަތު ތައުފީގް (ކުޑީ) ވިދާޅުވެއްޖެއެވެ.

ކުޑީ ފޭސްބުކުގައި ކޮށްފައިވާ ޕޯސްތެއްގައި ވިދާޅުވީ ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް، ޓޫރިޒަމް ފުޅާކޮށްދީ، މިކަމަށް މިހާރު އެޅިފައި ހުރި ހުރަސްތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެގޮތުން ރާއްޖޭގެ ޓޫރިޒަމް އެކުލެވިގެން ވަނީ އެކި އެކި ސެގްމެންޓްތަކަށް. އޭގެއިން ކޮންމެ ސެގްމެންޓަކަށް ހާއްސަ އަދި މާރކެޓްތަކަށް ހާއްސަ ޓާގެޓް ޕްރޮމޯޝަނަލް ހަރަކާތްތައް ދަނީ ކުރެވެމުން." ކުޑީ ވިދާޅުވިއެވެ.

ކުޑީ ވިދާޅުވީ އެހެން ސަރުކާރުތަކާ ހިލާފަށް ޓޫރިޒަމް މިނިސްޓްރީ އާ ގުޅިގެން, ރައިސް މުއިއްޒުގެ ވިޝަން ހާސިލް ކުރުމަށާއި ރާއްޖޭގެ ޕޮޒިޝަން ދެމެހެއްޓުމަށް ގިނަ ގުނަ ޓާރގެޓް މާރކެޓިން ދަނީ ކުރެވެމުން ކަމަށެވެ.