މާލޭގައި ގްރޫޕަކުން މީހަކު ރަހީނު ކުރުމަށްފަހު ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ފޭރުމާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ކޯޓަށް ހުށަހަޅާފައިވާއިރު، އޭނާއާ އިތުރު ބަޔަކު ބައިވެރިވެގެން މީހަކު ގެއަށް ގެންގޮސް، ހުއްދަ ނޫން ގޮތެއްގައި ހިފަހައްޓާ، މާރާމާރީ ހިންގާ އިތުރު ކުށްތަކެއް ކުރި ކަަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.