1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަވާ އެރުވުމާއެކު މާލޭގައި ކުލަގަދަކޮށް ފިތުރު ޢީދު ފާހަގަކުރަނީ

firworks
ފޮޓޯ: މިހާރު
ހުވަދޫ ނިއުސް ޓީމް
662ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަވާއެރުވުމާއެކު މާލޭގައި ކުލަ ގަދަކޮށް ފިތުރު ޢީދު ފާހަގަކުރަން މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު ޢީދު ދުވަހަކީ އަންނަ ހަފްތާގެ ބުދަ ދުވަހެވެ. އެ ދުވަހަށް ވަމުންދާ ތައްޔާރީތަކާ ގުޅިގެން ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ "މަގޭ އީދު" ގެ ނަމުގައި ސާދަ އެންޓަޓެއިންމަންޓާ ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ ކައުންސިލުން ބުނީ ފިތުރު އީދު ދުވަހު ފެންކުޅުމާއި، ބޮޑުމަސް ނެރުމާއި މާލި ޕެރޭޑު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ކައުންސިލުން ނެރެފައިވާ ތާވަލުގައިވާގޮތުން ހެނދުނު 9:30 ގައި ރަސްފަންނުގައި ފެންކުޅުން ބާއްވާއިރު، ހަވީރު 4 ޖަހާއިރު އޮންނާނީ ބޮޑުމަސް ނެރުމާއި މާލި ޕެރޭޑެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ކުރިމަތިން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށްކަމަށެވެ. https://twitter.com/MaleCitymv/status/1775083922822685072?s=20

މީގެ އިތުރުން ރޭގަނޑު ވެސް ބައެއް ހަރަކާތްތައް ތާވަލުކޮށްފައިވާއިރު، ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގައި ސްޓޭޖް ޝޯވ އެއް ބާއްވާއިރު، ރޭގަނޑު 10 ޖަހާއިރު، ފަޔަރވޯކްސް (ހަވާއެރުވުން) އޮންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނީ ހަވާއެރުވުން އޮންނާނީ އާޓިފިޝަލް ބީޗުގައިކަމަށެވެ.

300 × 250

ސިޓީ ކައުންސިލުން ބުނީ ރަސްފަންނުގައި އޮންނަ ފެން ކުޅުން އިވެންޓުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ 'ޚާއްސަ އީދު ޓީޝާޓު' ގަންނަން ޖެހޭނެ ކަމަށެވެ. މި ޓީޝާޓު 195 ރުފިޔާއަށް ގަންނަން ލިބޭނެ ކަަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މާލޭގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ނިންމިއިރު، ސަރުކާރުން ވަނީ ޢީދު ފާހަގަކުރުމަށް މުޅި ރާއްޖެ ގިޑިގެތަކުން ދިއްލާލަން ވެސް ނިންމައިފައެވެ. މާލޭގައި ވެސް ގިޑިގެތައް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދެއެވެ.

އީދު ދުވަހަކީ ގިނަ ބަޔަކު އާއިލާއާ އެކު ބޭރަށް ނުކުންނަ ދުވަހަކަށްވާތީ މަގުމަތީގައި ހަމަޖެހިލައިގެން އުޅެވޭނެ ގޮތް ހެދުމަށް މިއަހަރު ވެސް ހަވީރު 4:00 އިން ރޭގަނޑު 8:00 ޖަހަންދެން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ. އެ ވަގުތު ހާއްސަކޮށްފައި ވަނީ ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި