1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ފުރަތަމަ ޕޯސްޓްމޯޓަމް ޔުނިޓް ހެދުމަށް ހުޅުމާލެއިން ބިމެއް ދީފި

ޕޯސްޓްމޯޓަމް ޔުނިޓް ހެދުމަށް ބިން ލިބިފައިވަނީ ހުޅުމާލެ ސަހަރާ ކައިރިން
މަރްޔަމް ޝަފާ ސައީދު
332ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ ޚާއްސަ މެޑިކަލް ޔުނިޓު ގާއިމުކުރުމަށް ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ހަމަޖައްސައި، އެ މަސައްކަތުގެ އަމަލީ ތައްޔާރީތައް ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން ގާއިމުކުރަނީ ލެވެލް 2 ގެ މެޑިކަލް ޔުނިޓެކެވެ.

މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި، މި ފެސިލިޓީ ތަރައްޤީ ކުރުމަށް ބޭނުންވާ ކުރެހުންތައް މިހާރު ވަނީ ގާތްގަނޑަކަށް ނިންމާލެވިފައެވެ. މި ސެންޓަރުގައި ޕޯސްޓްމޯޓަމް ހެދުމުގެ އިތުރުން، ސްކޭންތައް ހެދޭނެ ޒަމާނީ ވަސީލަތްތައް ވެސް ގާއިމުކުރެވިގެންދާނެއެވެ

މި ޔުނިޓުގެ ބޭނުމާ ގުޅޭގޮތުން ސިއްޙީ ވަޒީރު ޤީލާ އަލީ ވިދާޅުވީ، މިއީ ހަމައެކަނި މަރުވާ ސަބަބު ދެނެގަތުމަށް ބޭނުންކުރާ ތަނެއް ނޫން ކަމަށެވެ. "މި ޔުނިޓު މެދުވެރިކޮށް ޝަރުއީގޮތުން ބަލަން ޖެހޭ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީކުރުން ހިމެނޭ،" ވަޒީރު ވިދާޅުވިއެވެ.

300 × 250

މީގެ އިތުރުން ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތަކާއި، ލާއިންސާނީ އަމަލުތައް ބެލުމުގެ އިތުރުން ޝަރުއީ އިންޝުއަރެންސްގެ ބޭނުންތަކަށް މީހުންނަށް ލިބޭ އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ޚިދުމަތް ވެސް މި މަރުކަޒުން ފޯރުކޮށްދޭނެއެވެ.

ޕޯސްޓްމޯޓަމްގެ ޚިދުމަތް ގާއިމުކުރުމުގެ ވާހަކަ 2015 ވަނަ އަހަރުން ފެށިގެން ގާނޫނުގައި އޮތް ނަމަވެސް، މީގެ ކުރީގެ ސަރުކާރުތަކުން މިކަމަށް އަމަލީ ސިފައެއް ގެނެސްފައެއް ނުވެއެވެ. މިހާރު މި ޚިދުމަތް ހޯދުމަށް ޖެހެނީ ހަށިގަނޑު ރާއްޖޭއިން ބޭރަށް ފޮނުވާށެވެ. ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 10 އަހަރު ތެރޭގައި 23 ހަށިގަނޑެއް ބޭރަށް ފޮނުވާފައިވާއިރު، ކޮންމެ ހަށިގަނޑަކަށް ގާތްގަނޑަކަށް 55،000 ރުފިޔާ ހޭދަވެއެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީއާ ގުޅޭ ޚާއްސަ ގަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި