1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނަތީޖާނެރެވޭ ސަރުކާރެއް ގާއިމުކުރުމަށް މަޖިލިހުގެދައުރު މުހިންމު، މަޖިލިހުގެ ދަައުރާނުލައި ކުރިއެރުމެއް ނުގެނެސްދެވޭނެ: ރައީސް

0-
ފޮޓޯ، އެކްސްޕޯސްޓް
މަރްޔަމް ޝަފާ ސައީދު
314ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ ނަތީޖާ ނެރެވޭ ސަރުކާރެއް، އޮރިއެންޓެޑް ގަވަރމެންޓެއް ގެނެސްދެއްވުމަށްކަމަށާއި މަޖިލިހުގެ ދައުރާ ނުލައި ނަތީޖާނެރެވޭ ސަރުކާރެއް ގާއިމުނުކުރެވޭނެ ކަމަށާއި ރައްޔިތުންނަށް ކުރިއެރުމެއް ނުގެނެސްދެވޭނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޔަޒްމީދު އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަޖިލިހުގެ ދައުރެއް ނެތި ގާނޫނު އަސާސީ އޮތްގޮތުން ސަރުކާރަކަށް ރައްޔިތުންނަށް ކުރިއެރުމެއް ނުގެނެސްދެވޭނެ ކަމުގައެެވެ.

"ބަޖެޓު ފާސްކޮށްދެނީ ރައްޔިތުންގެ މަޖިލިހުން، ތަރައްގީގެ ހަމަ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ކުރެވޭނީ މަޖިލިހުން ކޮންމެވެސް ކަހަލަ ވުމެއް ލިބިގެން އެއީ ބަޖެޓު ފާސްކުރުމުގައި ނޫންކަމުގައި ވިޔަސް، އަދި އެކިކަހަލަ ލޯނު ނެގުން ކަމުގައި ވިޔަސް، އެކިކަހަލަ ބޮޑެތި އެއްބަސްވުންތައް ހެދުން ކަމުގައިވިޔަސް، މިހެން ގޮސް މަޖިލިހުގެ ދައުރެއް ނެތި ގާނޫނު އަސާސީ އޮތްގޮތުން އަޅުގަނޑުމެންނަކަށް ރައްޔިތުންނަށް ކުރިއެރުމެއް ނުގެނެސްދެވޭނެ،" ރައީސް ވިދާޅުވިއެވެ،

300 × 250

ރައީސް ޑރ މުއިއްޒު ވިދާޅުވީ ވިލިނގިލީ ދާއިރާގެ ތަރައްގީއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ޕީއެންސީގެ ކެންޑިޑޭޓް ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އެހެނީ އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅު، ނަތީޖާ ނެރެވޭ ސަރުކާރެއް ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ވައުދުފުޅު ފުރިހަމަކުރައްވައި ނަތީޖާ ނެރުއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންގެންދަވާ ކަމަށެވެ. އެމަނިކުފާނުގެ ފޯކަސް ހުރީ، އަމާޒު ހުރީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމުގައާއި އެކަމުގައި އެންމެ ދުވަހެއްވެސް، އެންމެ ރެއެއްވެސް ބޭކާރުވެގެންދާކަށް އެމަނިކުފާނު ބޭނުންފުޅު ނުވާކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ނަތީޖާ ނެރެވޭ ސަރުކާރެއް، ރިޒަލްޓް އޮރިއެންޓެޑް ގަވަރމެންޓެއް ގެނެވޭނީ މަޖިލިހުގެ ދައުރާއެކީގައި ކަމަށާއި އެހެންކަމުން މަޖިލިހަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް މަޖިލިހުގެ ގޮނޑިތައް ދޫކުރާނެފަދަ އެއްވެސް ކަމެއް ކޮށްގެން ވާން ނެތްކަމަށާއި މިސަރުކާރުގެ ކެންޑިޑޭޓުން މަޖިލިހުގެ ގޮނޑިތަކުގައި ތިބުން މުހިންމުކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ،

"އެހެންވީމާ ވިލިނގިލީ ދާއިރާގެ ތަރައްގީއަށް އަޅުގަނޑު ވެފައި މިހިރަ ވައުދުތައް ފުއްދުމަށް އަޅުގަނޑުމެންގެ ކެންޑިޑޭޓް ހޮވުމަކީ ވަރަށް މުހިންމު ކަމެއް އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެން، ރައްޔިތުންނަށް އަޅުގަނޑު ވައުދުވީ ނަތީޖާ ނެރުމުގެ ވައުދު، ރިޒަލްޓް އޮރިއެންޓެޑް ގަވަރމެންޓެކޭ ސަރުކާރެކޭ ގާއިމުކުރާނީ، ހުރިހާވެސް އަޅުގަނޑުގެ ފޯކަސް ހުރީ، އަމާޒުހުރީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށޭ. އެންމެ ދުވަހެއްވެސް، އެންމެ ރެއެއްވެސް ބޭކާރުވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނުވެއޭ، އެކުރަން އޮތް ކަމެއް ކުރުމުގައި ވަގުތު ހޭދަނުކޮށް، ނަތީޖާ ނެރުމުގައި މަސައްކަތް ނުކޮށް، ނަތީޖާ ނެރެވެން އޮތީ މަޖިލިހުގެ ދައުރާއެކީގައި، އެހެންވީމާ ބޭކާރުވެގެންދާ އަހަރުތަކަކަށް ވެގެންދާނެ ގޮތަކަށް މަޖިލިހަށް އަޅުގަނޑުމެން މެންބަރުން ހޮވުމަކީ އަޅުގަނޑުމެން އަތުން ކޮށްގެންވާނެ ކަމެއް ނޫން، އަޅުގަނޑުމެން އަތުގައި މިއޮތީ މިކަން ކުރުމުގެ ބާރު." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވިލިނގިލީ ރައްޔިތުން ދެއްވި ތާރީހުގައިވެސް ފާހަގަކޮށްލެވޭ ފަދަ ތާއީދު ފާހަގަކުރައްވައި އެފަދަ ތާއީދެއް މި ކުރިއަށް އޮތް މަޖިލިސް އިންތިހާބުުގައިވެސް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި