ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމް.ޑީ.ޕީގެ ދޯހަޅި އިޤްތިޞާދީ ސިޔާސަތަށް ނޫނެކޭ ބުނެގެންކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވެއްޖެއެވެ. ލަމްޢާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު، ރާއްޖޭގެ ދަރަނި ދައްކާ ސޮވެރިން ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އިތުރަށް ފައިސާ ޗާޕްނުކޮށް 35 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
މިސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު. ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުންނާނެ- ލަމްޢާން
ރައީސުލް ޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ މާލީ ސިޔާސަތު ހަރުދަނާ ވާނެ ކަމަށާއި، މުސްތަގުބަލައް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ކޮންގްރެސް ކޯލިޝަންގެ ކެނޑިޓޭޓުން ކަމަށެވެ.
އަދުގެ ރައީސް ޑރ މުޢިއްޒުގެ މާލީ ސިޔާސަތު ހަރުދަނާވާނެ. މުސްތަޤުބަލައް ވިސްނައި، ދިވެހީންގެ ރާއްޖެ މަޖިލީހަށް ހޮވަންވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ކެނޑިޑޭޓުން- ލަމްޢާން
ރައީސް މުއިއްޒު ވިދާޅުވީ، ގައުމުގެ މަސްލަތު އިސްކޮށް ދާއިރާގެ ރަށްތަކުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ. އަދި އެއްކޮށް އިސްކޮށްގެން އެކުވެރިކަމާއެކީގައި މަސައްކަތް ކޮށްގެން އިންތިހާބު ކާމިޔާބު ކުރުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނޫންނަމަ ސަރުކާރަށް ލިބެންހުރި މުހިންމު ގޮނޑިތަކެއް ގެއްލިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
"ނައިފަރު ދާއިރާއަށް ބަލާނަމަ އޮތް ހިޔާލު ތަފާތުވުމެއްގެ ސަބަބުން، ޕާޓީގެ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓު ފިޔަވައި އެހެން މީހަކު ޕާޓީތެރެއިން ނިކުމެ ވަކިން ވާދަކުރަނީ. އެހެންވީމަ އެ ރަށުގެ ގޮނޑި އަޅުގަނޑުމެންގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުމެއްގެ ސަބަބުން ގެއްލި ހިނގައިދާނެ,"
ރައީސް މުއިއްޒު ވަނީ މިއީ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީއާއި ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ ކަމެއް ގޮތުގައި ދެކިގެން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. ހުރިހާ ރަށަކަށްވެސް ގިނަގުނަ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށާއި މިކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.