ކުރީ ސަރުކާރުން ފަށާފައި ޕްރޮޖެކްޓެއް ނުހުއްޓުވާ ކަމަށާއި، އިދިކޮޅުން ހަދަނީ ހުސްދޮގު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު ވިދާޅުވީ އިދިކޮޅުން ކިތަންމެ ދޮގެއް ހެދިޔަސް އެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް ކަމަށެވެ. ރައީސް ވިދާޅުވީ ކެމްޕޭން ތެރޭގައި އެކި ރަށްރަށަށް ވަޑައިގެން އިރުވެސް މި މަންޒަރު ވަރަށް ރަނގަޅަށް ފެނުން ކަމަށެވެ.

ކޮންމެ ރަށެއްގަ ހުރީ މަޝްރޫއުތައް ހުއްޓިފަ. މަޝްރޫއުތައް ނުހިނގާ މަދު މަޝްރޫއެއް ނޫނިއްޔާ." ރައީސް

ރަށްރަށުގައި ފެނާނާއި ނަރުދަމާގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށާއި، ސުކޫލުތަކާއި، ސިއްހީ މަރުކަޒު ތަކާއި، ބަނދަރުގެ މަޝްރޫއުވެސް އޮތީ ހުއްޓިފައި ކަމަށެވެ. ނަމަވެސް މީހެއްގެ ހިލަމެއްނެތްތާ 2 އަހަރުފަހުން އެކަންކަން ރަނގަޅުކޮށް މީހުންނަށް ފައިސާ ދީގެން މިހާރު ވަނީ ފެށިފައި ކަމަށެވެ. އިދިކޮޅުގެ މަސައްކަތަކީ ކަންކަމުގެ ހަނގީގަތް އޮޅުވާލުން ކަމަށާއި، މި ސަރުކާރު އޮތީ ތަރައްގީ އާއި އެކުގައި ކަމަށެވެ. އެހެންކަމުން މި މަސައްކަތް ކުރެވޭނީ މި ސަރުކާރަށް ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.