ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެރަގޮތެއް ނުހައްދަވާ ކަމަށާއި ރައީސް ޔާމީންގެއަށް ބަދަލުކުރެވުނީ ޕީޕީއެމް/ ޕީއެންސީން ކުރި މަސައްކަތުން ކަމަށް ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން ބުނެފިއެވެ. ދިވެހިންގެ ރާއްޖެ މަޖީލީހަށް މި ޝިއާރުގެ ދަށުން ޕީއެންސީގެ ލީޑާޝިޕުން ބާއްވާ ބައްދަލުވުމުގައި ޕީއެންސީގެ ސްޕޯކްޕާސަން ހީނާ ވަލީދު ދެނެނެވި ސުވާލަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ރައީސް ޔާމީން މި ސަރުކާރުން ހުރީ ވަރަށް ބޮޑަށް ދޫ ދީފައި ކަމަށެވެ. އެމަނިކުފާނު ގޭގައި ހުންނަ ގޮތަށް ހަމޖެއްސޭނެގޮތް ހެއްދެވީވެސް ރައީސް މުއިއްޒާއި މުޅި ލީޑާޝިޕް އިސްވެ އޮވެގެން ކުރި މަސައްކަތުން ކަމަށެވެ.
"މިއީ އިބްރާހީމް މުހައްމަދު ސޯލިހު ނިންމި ނިންމުމެއްނޫން. މިކަން ރައީސް ޔާމީނަށް ފަސޭހަ އިން އުޅެވޭނެ ގޮތް ހެއްދެވީ ރައީސް މުއިއްޒު"
ސުޖާއު ފާހަގަ ކުރެއްވީ ރައީސް މުއިއްޒަށް ދެރަގޮތެއް ޕީޕީއެމް/ ޕީއެންސީ ނުހައްދަވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.