ދިވެހިރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެއްޖެ ކަމަށް ހާމަކޮށްފިއެވެ.

މިފަދައިން ހާމަކޮށޤފައިވަނީ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރުނު ބަޔާނެއްގައެވެ

ބަޔާނުގައި ހާމަކޮށޤފައިވާ ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސަބަބެއް ކަމުގައި ހާމަކޮށްފައިވަނީ، ރާއްޖެ ހިމެނޭ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދެމުން ދިއުމެވެ..

ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ، މުދާ އުފުލާ އުޅަނދުފަހަރާއި ކުދި އުޅަނދުތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ވަކިން ހާއްސަކޮށް، ދަތުރުކުރާއިރު މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.