ޣިޔާސުއްދީން ސްކޫލު ކައިރީގައި “އެސް އޯ“ ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހުނު ސަބަބު ބަލަން ކަމިޝަނަރަށް ދަންނަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އިހްސާން ވިދާޅުވީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރައްވާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުންނުކުރެއްވުމަށާއި، އަދި ވަކިން ޙާއްސަކޮށް ”އެސް. އޯ“ ފުލުހުން ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށްވެސް އަންގަވާފައެވެ.
"ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ފުލުހުންގެ ކަމިޝަނަރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދަންނަވާފައި" އިހުސާން
އިލެކްޝަންސް ކޮމިޝަން (އީސީން) ޕީއެންއެފް އަށް 3000 މެމްބަރުން ހަމަވުމާއިއެކު ހުއްދަ ދިނުމާއި ގުޅިގެން ޕީއެންއެފް އިން ވަނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައެވެ. އެގޮތުން ރޭ 09:00 ގައި ޣިޔާސުއްދީން ސުކޫލްގެ ހޯލްގައި ޖަލްސާ ބޭއްވުމަށް ހަމަޖެހި، ސަރަހައްދަށް ޖަލްސާގެ ބައިވެރިން ހާޒިރު ވަމުންދަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް އެ ވަގުތު އެއްވެތިބި ބައިވެރިންނަށް ޖަލްސާ ހޯލަށް ނުވަދެވޭ ގޮތައް ސުކޫލުގެ ގޭޓު ބަންދުކޮށްފައި ކަމަށް އެއްވެތިބި މީހުން ވަނީ ބުނެފައެވެ. ޕީއެންއެފް އުފައްދަން ރޭ ބާއްވަން ރޭވި ޖަލްސާ ރާއްޖޭގެ ޕްރައިވެޓް ސްކޫލެއްގައި ބާއްވައިދޭން އެ ސްކޫލުން ޢުޒުރުވެރިވެފައި ވާތީ، އެ ސްކޫލުގެ ސަލާމަތާ ރައްކައުތެރިކަން ބަލަހައްޓައިދިނުމުގައި ފުލުހުން ވަނީ ރޭ އެ ސުކޫލަށް ބޭނުންވާ އެހީތެރިކަން ދެއްވާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ދެ ހަފުތާއަށްވުރެ ދިގު ބަންދު ދުވަސްތަކަކަށްފަހު، އަންނަ އާދީއްތަދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުންދާތީއާ، އަދި އަހަރު ފަހު އިމްތިޙާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރުކަމަށް ވާތީ، އެއްވެސް ޙަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ ސްކޫލްތަކަށް ވަރަށް ދަތިކަމެއްް ކަމަށް ސުކޫލުން ދެކޭތީ އެކަމުގައި ސުކޫލުގެ ރައްކާތެރިކަމަށް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވީ ކަމަށް ސަރުކާރުން ވަނީ ބުނެފައި ވެއެވެ. އެހެންކަމުން، މާލެ ސިޓީގެ އެއްވެސް ސްކޫލް ހޯލެއް ލިބުމުގައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދީ، ސިޔާސީ ޕާޓީ އުފައްދަން މަސައްކަތްކުރާ ފަރާތަށް މިރެއިން މިރެއަށް އެ ފަރާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަގު ސަރުކާރުން ފަހިކޮށްދިނުމުގެ ގޮތުން، ސޯޝަލް ސެންޓަރުގެ މައި ހޯލުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވޭނެ އިންތިޒާމު އެކަން ކުރައްވާ ފަރާތަށް ސަރުކާރުގެ އަމިއްލަ އިސްނެންގެވުމުގައި ވަގުތުން ވަނީ ވެސް ހަމަޖައްސައިދީފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.