ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ނަމާއި، ނިޝާން ބޭނުންކޮށްގެން އާންމުންނަށް އޮޅުވާލުމުގެ ޢަމަލުތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.
އެއޮތޯރިޓީން ވިދާޅުވީ ސީއެމްޑީއޭގެ ނަމުގައި ހިންގާ އޮންލައިން ޕޭޖެއްގައި އޮތޯރިޓީގެ ނަމާއި ނިޝާން އަދި އޮތޯރިޓީން ހުއްދަދީފައިވާ ކުންފުނިތަކުގެ ބްރޭންޑިންގ ބޭނުންކޮށްފައިވީނަމަވެސް، އެއީ އެއޮތޯރިޓީއާ އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫންކަމަށެވެ. އަދި އެ ޕޭޖުން އިންވެސްޓަރުންނާއި ޢާންމު ރައްޔިތުންނަށް އޮޅުވާލުމުގެ ޢަމަލުތަކެއް ހިންގަމުންދާކަން ފާހަގަވެފައިވާކަމަށްވެސް ސީއެމްޑީއޭއިން ވިދާޅުވެއެވެ.
ސީއެމްޑީއޭއިން އިތުރަށް ވިދާޅުވީ، އެ ޕޭޖާ ގުޅުންހުރި އެއްވެސް ފަރާތަކަށް ނުވަތަ ޖަމާޢަތަކަށް، ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމަށް، މުޢާމަލާތްކުރުމަށް ނުވަތަ އެއްވެސް ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ދީފައިނުވާނެ ކަމަށެވެ. ފޭސްބުކްގައި ބަޔަކު ސީއެމްޑީއޭއިން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ބްރޭންޑިން ބޭނުންކޮށްގެން ގަސްތުގައި އާންމުނަށް އޮޅުވާލަމުންދާތީ، އެކަމަށް އިންވެސްޓަރުންނާއި އާންމުން ސަމާލުވުމަށް ވަނީ އެދިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.