އަހަރުގެ ފިޠުރު ޢީދުގެ މުނާޞަބަތުގައި މިރޭ މާލޭގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެގޮތުން މިރޭ ހަވާ އަރުވަން ފަށާނީ 22:00 އެވެ. ހަވާއެރުވުމަށް ހަމަޖެހިފައިވަނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދާ ދިމާލު ކަނޑު މަތީގައެވެ.
ފިތުރު އީދުގެ މުނާސަބަތުގައި ހަވާ އަރުވާއިރު މިއަހަރު އީދާ ދިމާކޮށް ވަނީ މުޅި ރާއްޖޭގައި ކުލަ ބޮކި ދިއްލުމުގެ ހަރަކާތެއްވެސް ފަށާފައެވެ.
ސަރުކާރުގެ މި އީދުއަލި ހަރަކާތުގެ ސަބަބުން ކުދިބޮޑު ގިނަ ބަޔަކު ދަނީ މިކަމަށް ޝުކުރު އަދާކޮށް ތައުރީފު ކުރަމުންނެވެ