1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެއްވެސް ސަބަބަކާއި ނުލާ ރައްޔިތުން ހިފާ ހައްޔަރުކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެނޫން: ރައީސް

edd
ރައީސް ޑރ. މުހައްމަދު މުއިއްޒު
އައިޝަތު އަންޖަަލް
322ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެއްވެސް ސަބަބަކާއި ނުލާ ރައްޔިތުން ހިފާ ހައްޔަރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން މަގުމައްޗަށް މީހަކު ނުކުންނަ އިރަށް ޕިކަޕަށްލައިގެން ގެންދާދިއުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެއެވެ. ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގައި ބާއްވަން އުޅުނު ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޖަލްސާއަށް ހުރަސްއެޅުމަށް ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ގޮސްފައިވަނީ އެމަނިކުފާނުގެ އިރުޝާދާ ޚިލާފަށް ކަމަށާއި، އެކަމަށް ފިޔަވަޅުއަޅުއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ފަރާތުން ނާއަންނާނެ އެއްވެސް އިންސްޓްރަކްޝަނެއް. ސަރުކާރުގެ އެއްވެސް ލެވެލަކުން ނުފޫޒެއް ނާއަންނާނެ.ފުލުހުން މަސައްކަތްކުރާށޭ ކުރިން ހުރިކަންކަމާއި ދެކޮޅަށް ޕްރޮފެޝަނަލްކޮށް. އަޅުގަނޑު ބޭނުމެއް ނުވޭ އެސްއޯ ފުލުހުން ނުކުންނާކަށް" ރައީސް ވިދާޅުވިއެވެ.

300 × 250

ރައީސް ވިދާޅުވީ ކުރިން ކަންވެގެން ގޮސްފައިވާ ގޮތަށް އެއްވެސް ސަބަބަނުލާ މިހަކު ހައްޔަރު ނުކުރާނެ ކަމަށާއި، ހިލާލު ފާޅުކޮށްލާ ގޮތަށް އެކަން އެމަގުން ނުހިނގާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެއީ މިގައުމުން ފެންނަންޖެހޭ ކަމެއް ނޫން ކަމަށާއި، ގައުމު ހަމަޔަކަށް އަޅުވަން ބޭނުން ނަމަ މިކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ބައެއްގެ ގޮތުގައި ޒަމާނުއްސުރެ ލޭބަލް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ބޭނުންފުޅުވާ ވާހަކަ ފުލުހުންނާ އެކު ދާދި ފަހުން ބޭއްވި ބައްދަލުވުމުގައި ވެސް ސާފުކޮށް ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ޕީއެންއެފް އުފައްދަން ބާއްވާން އުޅުނު ޖަލްސާ އެންމެ ފުރަތަމަ ބާއްވަން މަސައްކަތްކުރީ ރޭގަ އެވެ. އެކަމަކު ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭތީ ކަމަށް ބުނެ އެ ޖަލްސާ  ފަސްކުރީ އެވެ.

މާލޭގައި ހުންނަ ގިޔާސުއްދީން ސުކޫލު ހޯލުގައި ރޭ 9:00 ގައި ބޭއްވުމަށް ނިންމި ޖަލްސާއަށް ތައްޔާރުވެގެން ޕީއެންއެފްގެ އިސް ބޭފުޅުން، ގިޔާސުއްދީން ސުކޫލަށް ދިޔައިރު ފުލުހުން ވަނީ ގޭޓު ބަންދުކޮށްގެން އެތެރެއަށް ވަނަ ނުދީ ޖަލްސާއަށް ހުރަސް އަޅާފަކަމަށް ޕީއެންއެފުން ބުނެއެވެ.

ކަން މިހެން ހިނގުމުން އެވަގުތު އެ ސަރަހައްދުގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ނުރުހުރުމުގެ ބަސްތައް ރައްދުކޮށް، އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާފަ އެވެ.

މި ހަމަނުޖެހުން ހިނގަމުންދިޔައިރު ފުލުހުން، ގޭޓް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ގިނަ ބަޔަކު ތިބެން ޖެހުނީ މަގުމަތީގަ އެވެ. އެވަގުތު ޖަލްސާ އަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވެސް ވަޑައިގެން ސުކޫލް ބޭރުގައި ތިއްބެވި އެވެ.

އަޑުގަދަކޮށް ޝުއޫރު ފައުޅު ކުރަން އެގޮތަށް ދޮޅު ގަޑިއެއްހާއިރު ވަންދެން އެތަނުގައި ތިބުމަށްފަހު ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން، ބައިވެރިން އެނބުރި ދިޔައީ ރާޅުގަނޑު ސަރަހައްދަށެވެ.R

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި