ގެއްލިގެން ހޯދަމުންދިޔަ އަންހެންމީހާ ފެނިއްޖެއެވެ.

ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް، 44 އަހަރު މިރޭ 23:10 އެހާކަންހާއިރު މާލެއިން ވަނީ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ރަނގަޅު ކަމަށެވެ.

ޝަޒިއްޔާ ހޯދަމަށް ފުލުހުން އިއުލާނުކުރީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭޕްރިލް 08 ވަނަ ދުވަހުގެ 10:55 ހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.