1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގިނަ މަޝްރޫއުތައް ހިންގުމަށް ޖާގަދޭ ބަޖެޓެއް ފާސްކުރަން ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލިހެއް މުހިންމު: ރައީސް

muo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު.....ފޮޓޯ: ރައީސްއޮފީސް
މަރްޔަމް ޝަފާ ސައީދު
261ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ހުރިހާ ރަށެއްގައި ގިނަ މަޝްރޫޢުތައް ހިންގުމަށް ޖާގަދޭ ބަޖެޓެއް އަންނަ އަހަރަށް ފާސްކުރަން ބޭނުންފުޅުވާކަމަށާއި، އެކަމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް މުހިންމުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ މާވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ޢަމާޒު ހުރީ ރައްޔިތުން އެދޭ ނަތީޖާ ނެރުމަށްކަމަށެވެ. އެއްގޮތަކަށްވެސް ލަހުން ކަންކަންކުރަން ބޭނުންފުޅު ނުވާކަމަށާއި، ބާރަށް މަސައްކަތްތައް ކުރިއަށް ގެންގޮސް ނަތީޖާ ނެރުއްވަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ބޭނުންވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ހިނގަމުންމިދާ މަޖިލީހުން ފާއިތުވި 4 މަސްދުވަހު އެއްވެސްވަރަކަށް އެއްބާރުލުން ލިބިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު ބޭނުންފުޅުވާގޮތަށް ބަޖެޓު ފާސްކޮށްނުދޭނަމަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދަތިވާނެކަމަށާއި، ބޯހިޔާވަހިކަމަށް މުޅި ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ލޯން ފާސްކޮށްނުދީފިނަމަ އެކަންވެސް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާއި މަޖިލީހާ ގުޅިލާމެހިފައިވާކަމަށެވެ.

300 × 250

އެހެންކަމުން މުޅި ރާއްޖޭގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބާރު ސްޕީޑުގައި ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވޭނެގޮތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޢުމްރާނީ އަދި އިޤްތިޞާދީ ގިނަ ކަންކަން ރައްޔިތުން ބޭނުންވާގޮތަށް ހިންގަން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.
ނަމަވެސް ކޮންމެ ދުވަހަކު ވަޒީރުންނަށް އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުމާއި، ސަރުކާރަށް ބޭނުންވާ ޤާނޫނުތައް ފާސްނުކުރުންފަދަ ކަންކަން މަޖިލީހުގައި ކުރިއަށްދާކަމުގެ ކަންބޮޑުވުން ރައީސް ފާޅުކުރެއްވިއެވެ.

"ކުޑަ މިސާލެއް ފާހަގަކުރާނަން. މަޖިލީހުގެ ކޮމިޓީއެއްގައި މިއޮތީ އަޅުގަނޑުމެން ބޭރަށް ފޮނުވާ ސަފީރުންނަށް ދޭންޖެހޭ ރުހުން ދިނުމުގެ މައްސަލަ. މިއީ އަސްލުގަ ވަރަށް ކުޑަކަމެއް. އެކަމަކު އެކޮމިޓީ ނުބާއްވާދެއްވައޭ. ހަމަ ދިގުލައިގެން އެދަނީ. ސަފީރުން އެތިބީ ނުފުރިފަ. މިއީ އަދި މަޝްރޫޢަކާ ގުޅޭ ކަމެއްވެސް ނޫން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ކަންކަން މަޑުނުޖެހި ކުރިއަށްދިއުމަށް މަޖިލީހުގެ އެއްބާރުލުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި