ޔަތީމު ކުދިންނަށް ޒަކާތު ހައުސް އިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ޤާއިމުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ،. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ހައުސްގެ ބޭނުމަކީ ރާއްޖެއިން ފަގީރުކަން ނައްތައިލުން ކަމަށެވެ. އަދި ޒަކާތާ ބެހޭ ކަންކަން ވިހާ ވެސް ހަރުދަނާކޮށް ހިންގުމަށް ޓަކައި، ޒަކާތު ހައުސްގެ ނަމުގައި ވަކި ޚާއްސަ އިދާރާއެއް ހުރުން މުހިންމު ކަމަށްވާތީ އެކަން އެގޮތަށް ކުރެއްވީ ކަމުގައެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.