ކޮވިޑް 19 ގުޅިގެން ދޫކޮށްފައިވާ އެހީގެ ލޯނުން، އިންޓްރެސްތް މާފްކޮށް އިތުރަށް ފައިސާ ދެއްކިފައިވާ ފަރާތަކަށް އަނބުރާ ފައިސާ ދެވޭނެ ކަމަށް އެސްއެމްއީ ފައިނޭސް ޑިވޮލޮލޮޕްމެންޓް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ބުނެފިއެވެ.
އެސް. ޑީ. އެފް.ސީން މިހެން ބުނެފައިވަނީ ކޮވިޑް ނަވާރައާއި ގުޅިގެން ވިޔަފާރި އެހީގެ ލޯނުގެ އިންޓްރެސްޓް މާފް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން އެ ކޯޕަރޭޝަނުން އަމަލުކުރާ ގޮތް ހާމަ ކުރައްވަމުންނެނެވެ.
އެކޯޕަރޭޝަނުން ބުނީ ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފްތާތެރޭގައި ލޯނު ނަންގަވާފައިވާ ފަރާތްތަކަށް އެފަރާތުގެ ލޯނުގެ އިންޓްރެސްޓް މާފް ކުރުމުން އަންނަ ބަދަލުތައް ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރެއްވޭނެ ކަމަށެވެ.
އެގޮތުން މިހާތަނަށ ލޯނަށް އިންޓްރެސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ލޯނުގެ ޕްރިންސިޕަލް އަދަދުން އުނިކުރެވިގެން ދާނެ ކަމަށްވެސް އެފްސީއެފްސީން ބުނެއެވެ. މިގޮތުން އުނި ކުރުމުން އެއްވެސް ފައިސާއެއް ލޯނުގެ ޕްރިންސިޕަލްއަށްވުރެ އިތުރަށް ދެއްކިފައިވާނަމަ އެ ފައިސާއެއް އަނބުރާ ރައްދުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މި ލޯނު އަނބުރާ ދައްކާ ހަލާސް ކޮށްފައިވާ ފަރާތްތަކަށް ލޯނުގެ އިންޓރެސްޓްގެ ގޮތުގައި ދައްކާފައިވާ އަދަދު އަނބުރާ ރައްދު ކުރެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަ ކޮށްފައެވެ.
މި އާއި އެކު ކޮވިޑް 19 އާއި ގުޅިގެން ވިޔަފާރި އެހީގެ ލޯނުގެ ދަށުން ދޫކުރެވިފައިވާ ހުރިހާ ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު ލޯނު ދޫކުރެވުނު ތާރީހުން ފެށިގެން ޖުމްލަ 10 އަހަރަށްވުރެ އިތުރު ކޮށްދެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.