ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އައްޑޫ ސިޓީއިން އެމަނުކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އައްޑޫ ސިޓީން ފެނިގެންދިޔައީ ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ދޫދޫމަތީން ހަރުއަޑުން ގުގުމާލީ ކުލުނުވެރި ކަމުގެ ރާގެވެ.
އެމަނިކުފާނު މިއަދު އައްޑޫސިޓިއަށް ވަޑައިގަތީ އަތޮޅުތެރެއަށް މިހާރު ފައްޓަވާފައިވާ ދަތުރުގައި ހައްދުންމަތީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައެވެ. ރައީސް ވިދާޅުވީ މި ދަތުރުން ފެނިގެންދިޔައީ ހައްދުންމަތީގެ ރައްޔިތުންގެ ތެރެއިންވެސް މީގެ ކުރިން ނުނުކުންނަ އަދަދަށް ރައްޔިތުން ރައީސް އާއި ބައްދަލުކުރުމަށް ނުކުތް މަންޒަރު ކަމަށެވެ.
އެކި އުމުރުފުރާތަކުގެ ގިނަ އަަދެދެއްގެ ބަޔަކު ރައީސް އާއި ސަލާން ކުރުމަށް އެއްވެފައިވާއިރު، އަންހެނުންނާއި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ ފަރާތްތަވެސް ވަނީ އެއާޕޯޓް ސަރަހައްދަށް އެއްވެފައެވެ. މިއަދަކީ އައްޑޫއަށް ލިބިފައިވާ ބޮޑު ދުވަހެއްގެ ގޮތުގައި މަންޒަރު ދިޔައީ ސިފަވަމުންނެވެ. ރައީސް އައްޑޫއަށް ވަޑައިގެން ގަޑީގައި ވިއްސާރައިގެ އަސަރު ހުރި ކަމުގައިވީނަމަވެސް މީހުންގެ އަދަދު މަދެއްނުވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.