1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ހިކެން ބޭނުންނަމަ ފެންބުއިން ގިނަކުރޭ

image-850x548
ހުސައިން ޝިނާން
709ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހިކެން ލައްކަ ގިނަ މަސައްކަތް ލައްކަ ގިނަ ބަޔަކު ކުރެއެވެ. ތަފާތު ޑައިޓް ތަކާއި ތަފާތު ކަސްރަތުކޮށް ހަދައެވެ.

އެހެންނަމެވެސް މިފަހަރު މިއޮތީ ވަރަށް ފަސޭހައިން ހިކޭނެ ގޮތެކެވެ. ހިކެން ބޭނުންނަމަ ގިނައިން ބޯންވީފެނެވެ.

ފެނަކީ މަސްގަނޑުގައި ޖަހާފައި ހުންނަ ސަރުބީތަށް ވިރުވާލުމަށް އެހީއެކެވެ. މިހެންކަމުން ޑަކްޓަރުން ލަފާ ދޭގޮތަށް ދުވާލު 8 ތަށި ފެންބުއިމަކީ މީހާގެ ގައިގައި ޖަހާފައިހުރި ސަރުބީތަށް ވިރުވާލަދީ މީހާ ހިއްކާލުމަށް އެހީތެރި ވެދޭނެ ކަމެކެވެ.

300 × 250

ނިދާފައި އޮންނަ ވަގުތަކީ އެއްވެސް ކާއެއްޗެއް ހަށިގަނޑަށް އެތެރެވާ ވަގުތަކަށް ނުވާތީ، ހެނދުނު މި ހޭލެވެނީ ނުކައި ހުންނަތާ ވަރަށް ގިނައިރުކޮށްފައިކަމުން ހޭލާގޮތަށް ތެދުވެ ފެންބުއިމަށް އާދަކުރާށެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ނުރައްކާތެރި މާއްދާތަށް ކުޑަ ކަމުދާ ތަކެތީގެ ގޮތުގައި ބޭރުކޮށް ދިނުމަށްވެސް އެހީތެރިވެދެއެވެ.

އެހެންނަމަވެސް ނިދުމުގެ ކުރިން މާގިނައިން ފެން ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ސަބަބަކީ މިކަމުގެ ސަބަބުން ރޭގަނޑު ވަގުތު މާގިނައިން ފާޚާނައަށް ދާންޖެހި ނިދި ގެއްލިގެންދެއެވެ. އަދި ނިދި ގެއްލުމުގެ ސަބަބުން ދިމާވާ އެކިކަހަލަ މައްސަލަތަށް ކުރިމަތިވެއެވެ.

ހެނދުނު ތެދުވެ ރަނގަޅަށް ފެންބޯށެވެ. އަދި ދުވާލު މަދުވެގެން 8 ތަށި ފެން ބޯށެވެ. މީހާާގެ ބަރުދަން 2 މަސްތެރޭ ލުއިކޮށްދޭނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި