ބޯވަ ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދާ ޒުވާނާގެ އާއިލާއިން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެޒުވާނާ ގެއްލި ވީނުވީއެއް ނޭގި ހޯދަންފަށާފައިވަނީ ހަވީރު 5:30 ހާއިރު ހުޅުމާލޭ ފޭސް ދޭއްގެ މާރުކޭޓް ގާޑިއާ ކައިރިން ބޯވަނަގަން ފޭބި ފަހުން ކަމަށެވެ.
ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް ދޫޑިގަން ނިއުވަލީ އިބްރާހީމް ޝާހީން 37 އެވެ. ގެއްލުނުއިރު އިބްރާހީން ޝާހީން ލައިގެންހުރީ ކަޅުކުލައިގެ ސުވިމިން ޝޫޓެއް ކަމަށްވެސ ފުލުހުން ބުނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.