ފޭސް ދޭއް ސަރަހައްދުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.


ގެއްލިގެން ހޯދަމުންދިޔައީ ފުވައްމުލަކުގެ ޒުވާނެއް ކަމަށްވާ އިބްރާހީމް ޝަހީންއެވެ. ފުލުހުން ބުނީ ޝަހީންގެ ހަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ މިރޭ 9:30 ހާއިރު ކަމަށެވެ. އެކަމުގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފާއި، މެރިން ޕޮލިހަށް އެ މައުލޫމާތު ހިއްސާކޮށް ޝަހީން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހުޅުމާލެ ފޭސް ދޭކުން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.