ޓައިމްސް އޮފް އިސްރާއީލުން ބުނީ އިސްރާއީލަށް ދޭ ހަމަލާތައް އީރާނުން މިހާރު ފޮނުވާފައިވާ ކަމަށެވެ. މި ހަމަލާތަކުގައި އިސްރާއީލާ ދިމާލަށް ދަނީ ގިނަ އަދަދެއްގެ ޑްރޯންތައް ފޮނުވަމުންނެވެ ޓައިމްސް އޮފް އިސްރާއީލުން ބުނީ ޑްރޯންތައް އިސްރާއީލަށް ފޯރަން ގަޑިއިރުތަކެއް ނަގާނެ ކަމަށެވެ. އީރާނުގެ ޝަހީދު ޑްރޯން ބޭނުން ކުރާނަމަ އިސްރާއީލަށް ފޯރަން ހަތަރު ވަރަކަށް ގަޑިއިރު ނަގާނެއެވެ. ނަމަވެސް އިރާނުން ބޭނުން ކުރަމުންދާ ޑްރޯންތަކުގެ ތަފްސީލެއް ނުލިބެއެވެ.

އިރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެކަމުގެ މައުލޫމާތު މިއަދު ލިބުމާއި އެކު ޔަހޫދީ އަސްކަރިއްޔާ ވަނީ ފުލް އެލާޓަށް ގެނެސްފައި އެވެ.

އިޒްރޭލުގެ ޓީވީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން އިޒްރޭލަށް ފޮނުވާލާފައިވާ ކޮންމެ ޑްރޯންއެއްގައި ވެސް 20 ކިލޯއަށްވިރެ ގިނަ ގޮވާތަކެތި ހުރި ކަމަށް ވަނީ އެގައުމުގެ އަސްކަރިއްޔާއަށް މައުލޫމާތު ލިބިފައި އެވެ.