އީރާނުން އިސްރާއީލަށް ހަމަލާ ދޭން ފެށުމާއި އެކު އެއްބައިވަންތަކަން ބޭނުންކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފިއެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު މިހެން ގޮވާލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާއިރު، ރައްޔިތުންގެ ހައިސިއްޔަތުން އަދި ގައުމެއްގެ ހައިސިއްޔަތުން އެއްބައިވަންތަކަން ދަމަހައްޓަން އެބަޖެހޭ. އަޅުގަނޑުމެން ކާމިޔާބު ކުރާނީ އެންމެން އެކުގައި،" އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް
އީރާނުން ހަމަލާދޭން ފެށުމާއި އެކު ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގެ އެންމެ މަތީ ވެރިން ދަތުރުކުރައްވާ ވިންގް އޮފް ޒިޔޯން މީގެ އިރުކޮޅެއް ކުރިން ވަނީ އެގައުމުގެ އަސްކަރީ އެއާޕޯޓަކުން ފުރާފައި އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި އެބޯޓުގައި ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އިންނެވި ކަމަށް ބެލެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.