1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އީރާނުން ފޮނުވި ޑްރޯން މިސައިލްތައް އިސްރާއިލަށް ފޯރައިފި، އިތުރު ހަމަލާތަކަށް ތައްޔާރުވަނީ

IRANIAN ATTACK ON ISRAEL
ބްރޭކިން ނިއުސް
ރިފާޢު ރަޝީދު
1,330ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އީރާނުން އިސްރާއިލަށް  ފޮނުވި ޑްރޯން މިސައިލް ހަމަލާތައް އިސްރާއީލަށް ފޯރައިފި ކަމަށާއި، އިތުރު ހަމަލާތައް ދޭން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އީރާނުން ބުނީ އިސްރާއީލަށް ދިން ހަމަލާއަކީ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށާއި އެ މައްސަލަ ނިމުމަކަށް އައިސްފައިވާ ކަމަށް ބެލެވޭނެ ކަމަށެވެ.

ނިއުޔޯކުގައި ހުންނަ އދ.އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ ދާއިމީ މިޝަން އިން ބުނީ އާދީއްތަ ދުވަހުގެ ފަތިހު ދިން ހަމަލާއަކީ ދިމިޝްގުގައި ހުންނަ ޑިޕްލޮމެޓިކް ތަންތަނަށް އިސްރާއީލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

300 × 250

https://twitter.com/jacksonhinklle/status/1779281915071111400

ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ އިމާރާތަކަށް އިޒްރޭލުން މި މަހުގެ ކުރީކޮޅު ހަމަލާ ދީފައިވާއިރު، އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ ހަމަލާގައި ހަމަލާ ދިން އީރާނުގެ އިމާރާތަކީ "އަސްކަރީ އިމާރާތެއް" ކަމަށް އިޒްރޭލުން ގަބޫލުކުރާ ކަމަށެވެ.

އީރާނުގެ މިޝަނުން ބުނީ އެ މައްސަލަ "ނިމިފައިވާ ކަމަށް ބެލެވޭ" ކަމަށެވެ.

https://twitter.com/IranObserver0/status/1779283460072321046

އެހެންނަމަވެސް އިސްރާއީލުގެ ސަރުކާރުން އިތުރު ގޯހެއް ހަދައިފިނަމަ އީރާނުގެ ރައްދު މިއަށްވުރެ މާ ހަރުކަށިވާނެއެވެ.

އެއީ އީރާނާއި އިޒްރޭލުގެ ނުބައި ސަރުކާރާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކެއް ކަމަށާއި އެކަމުން އެމެރިކާ ދުރުވާން ޖެހޭ ކަމަށެވެ!

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި