1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އީރާނުގެ ފަހުގެ އިންޒާރު ޖޯޑަންއަށް، ދެން އޮތް ޓާރގެޓަކަށް ވެދާނެ!

Mideast-Jordan-Israel_Horo
ބްރޭކިން ނިއުސް
ރިފާޢު ރަޝީދު
1,763ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްރާއީލުގެ ކަންކަމުގައި އެހީތެރިވާނަމަ ބަލަހައްޓައިގފެން ނުތިބޭނެ ކަމަށްބުނެ އީރާނުން ޖޯޑަންއަށް ފަހުގެ އިންޒާރު ދީފިއެވެ.

އީރާނުގެ އަސްކަރީ މަސްދަރަކާ ހަވާލާދީ އީރާނުގެ ސެމީ އޮފިޝަލް ނިއުސް އެޖެންސީ ފާރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެހެރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އިސްރާއީލަށް ތާއީދުކޮށް އެއްވެސް ފިޔަވަޅެއް އެޅިޔަސް އީރާނުން ޖޯޑަން އަށް ބަލަހައްޓައިގެން ތިބީ އެ ގައުމު "ދެން އޮތް ޓާގެޓަކަށް" ވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

https://twitter.com/ShaykhSulaiman/status/1779278510026019008

300 × 250

"އަސްކަރިއްޔާއިން މައުލޫމާތު ދިން ފަރާތަކުން ބުނީ އަދަބު ދިނުމުގެ ހަމަލާތަކުގައި ޖޯޑަންގެ ހަރަކާތްތައް [އަޅުގަނޑުމެން] ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އަދި [އިސްރާއީލަށް ތާއީދުކުރުމަށް] އެޅިދާނެ އެއްވެސް ފިޔަވަޅެއްގައި އެމީހުން ބައިވެރިވެއްޖެ ނަމަ ދެން އޮތް ޓާގެޓަކަށް ވާނީ އެމީހުން،" ފާރސް ވިދާޅުވި އެވެ.

އީރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި އެއްވެސް ގައުމެއްގެ ބައިވެރިވުން އޮތް ނަމަ އެގައުމަކާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އީރާނުގެ އަސްޖކަރިއްޔާއިން ދަނީ ގައުމުތަކަށް އިންޒާރު ފޮނުވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި