1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި

iran us leaders
ބްރޭކިން ނިއުސް
ރިފާޢު ރަޝީދު
1,216ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަމަލާތަކަށް އިޒްރޭލަށް ތާއީދު ނުކުރުމަށް އީރާނުން އެމެރިކާއަށް އިންޒާރު ދީފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ އިޒްރޭލަށް އެއްވެސް ބާވަތެއްގެ ތާއީދެއް ނުވަތަ އީރާނުގެ މަސްލަހަތު ގެއްލުވާލުމުގައި ބައިވެރިނުވުމަށް އެމެރިކާއަށް އިންޒާރު ދީފަ އެވެ.

އިސްރާއީލުގެ ކަންކަމުގައި އެހީތެރިވާނަމަ ބަލަހައްޓައިގފެން ނުތިބޭނެ ކަމަށްބުނެ އީރާނުން ވަނީ ޖޯޑަންއަށް ވެސް ފަހުގެ އިންޒާރު ދީފައެވެ.

300 × 250

އީރާނުގެ އަސްކަރީ މަސްދަރަކާ ހަވާލާދީ އީރާނުގެ ސެމީ އޮފިޝަލް ނިއުސް އެޖެންސީ ފާރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެހެރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އިސްރާއީލަށް ތާއީދުކޮށް އެއްވެސް ފިޔަވަޅެއް އެޅިޔަސް އީރާނުން ޖޯޑަން އަށް ބަލަހައްޓައިގެން ތިބީ އެ ގައުމު "ދެން އޮތް ޓާގެޓަކަށް" ވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

"އަސްކަރިއްޔާއިން މައުލޫމާތު ދިން ފަރާތަކުން ބުނީ އަދަބު ދިނުމުގެ ހަމަލާތަކުގައި ޖޯޑަންގެ ހަރަކާތްތައް [އަޅުގަނޑުމެން] ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އަދި [އިސްރާއީލަށް ތާއީދުކުރުމަށް] އެޅިދާނެ އެއްވެސް ފިޔަވަޅެއްގައި އެމީހުން ބައިވެރިވެއްޖެ ނަމަ ދެން އޮތް ޓާގެޓަކަށް ވާނީ އެމީހުން،" ފާރސް ވިދާޅުވި އެވެ.

އީރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި އެއްވެސް ގައުމެއްގެ ބައިވެރިވުން އޮތް ނަމަ އެގައުމަކާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އީރާނުގެ އަސްޖކަރިއްޔާއިން ދަނީ ގައުމުތަކަށް އިންޒާރު ފޮނުވަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި