ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކޮށްފައިވާ 1347 ގޯތިގެ ތެރެއިން, ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް, އެކަމަށް އެދުމުގެ ފުރުސަތު އިތުރު ކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި މިހާރު ބުނެފައިވަނީ، ގިރާވަރުފަޅުން ދޫކުރި ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:00 އަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ކުރިން ނިންމާފައިވަނީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށެވެ.
އަދި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅީފަޅަށް ބަދަލުވާން ހުށަހަޅާނަމަ، އެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެން ކަމަށާއި އެ ތާރީހު އެ މިނިސްޓްރީން އަންގާނެ ކަމަށް ބުނެފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.