އަރިއަތޮޅު ދެކުނުބުރީ "މާފަރުފަޅު" އެއީ އދ. މަހިބަދޫގެ ބައެއް ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މާފަރުފަޅު އެއީ މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެމަނިކުފާނަށް ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސޮއިކުރައްވާ ނެރުއްވި ގަރާރަކުންނެވެ. މަހިބަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހި ކަމުގެ މައްސަލައަށް ހައްލު ގެނައުމަށް އެ ރަށުގެ ބިން އިތުރުކުރުމަށްޓަކައި މާފަރުފަޅު، މަހިބަދޫގެ އިހްތިސާސް ތެރޭގައި ހިމަނައި ހައުސިން މަޝްރޫތަކަށް ބޭނުންކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މަހިބަދޫގައި ބާވެ ވީރާނާވެފައި ހުރި އިމާރާތްތަށް ތަޅާލުމަށް ފަހު އެތަންތަނުގައި ހައުސިން ޔުނިޓު އަޅުއްވާދެއްވާނެކަމަށްވެސް ރައިސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މާފަރުފަޅު މަހިބަދޫ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާއިރު، ރައީސް މުއިއްޒު ވަނީ ނ. މާފަރުގެ ބައެއްގެ ގޮތުގައި އެ އަތޮޅު "ފަރުމުލި" އާއި "ކަންޑިންމަހުރާ" ވަނީ ހަމަޖައްސަވައި، އެކަމާ ގުޅޭ ގަރާރު ވެސް ނެރުއްވައިފައެވެ. މީގެ އިތުރުން އއ. "ވެލިދޫދިއްގާ" ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ވެސް ރައީސް ވަނީ ހަމަޖައްސަވައިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.