ފަލަސްތީނުގެ ވެރިރަށް، ޣައްޒާގެ ސިއްހީ ނިޒާމުތައް ފުޑުފުޑުކޮށްލަން އިސްރާއީލުން ދެމުންދާ ހަމަލާތައް، ދިވެހި ސަރުކާރުން ކުށްވެރިކޮށްވެރިކޮށްފިއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި، ވަކިން ހާއްސަކޮށް ސިއްޙީ ނިޒާމު ހަލާކުކޮށްލުމަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވީ ނެރުނު ބަޔާނެއްގައެވެ.
ބަޔާނުގައި ޢައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އެ ޝަހަރުގެ ޞިއްޚީ ޚިދުމަތްދޭ ވަސީލަތްތަކާއި ތަންތަނަށް ދެމުންދާ ހަމަލާތައް ވަނީ ކުށްވެރިކޮށްފައެވެ. މި ހަމަލާތަކުގައި ކުށެއް ނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދު ކުރަމުންދާކަން ދިވެހި ޚާރިޖީއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުކަމެއްކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ. އަދި އިސްރާއީލުން ތަކުރާރުކޮށް ގާނޫނުތަކާ ޚިލާފުވަމުންދިއުމަކީ މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމުގައިވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ޢައްޒާގައި ދިރިއުޅޭ ރައްޔިތުންނާއި ސިއްޚީ ޚިދުމަތް ދޭ ތަންތަނާޢި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން އަދި އާންމު ތަންތަން ހިމަޔާތް ކުރުމަށް ގޮވާލާ ގޮވާލުން ވެސް ބަޔާނުގައި ވަނީ ތަކުރާރުކޮށްފައެވެ. އަދި ޢައްޒާގެ ތެރެއައަށް އެއްވެސް ހުރަހެއް ނެތި އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމަށް ގޮވާލައްވާފައިވެއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ޔަހޫދީ ދައުލަތުގެ ޢަމަލުތައް ހުއްޓައި، ބައިނަލްއަޤްވާމީ ޤާނޫނުތައް ނަގަހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ދާޢީމީ ގޮތެއްގައި ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް އެހީވުމަށް ވަނީ އެދިފައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ދެމުންދާ އެއްބާރުލުން ތަކުރާރުކުރަމުން ސަރުކާރުން ބުނީ، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.