1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންނަވާ ޕީއެންސީގެ "އަވަސް އަވަސް ބޮޑު ހިނގާލުން" ރަސްފަންނު ސަރަހައްދުން ކުރިއަށް

Raees Muizuu Campain Nimmalun
ރައީސް މުއިއްޒު އަދި ޕީއެންސީގެ ސަޕޯޓަރުން ރިޔާސީ އިންތިހާބުގެކެމްޕެއިން ނިންމާލުމުގެ ހަރަކާތުގައި/ފޮޓޯ ފޭސްބުކު
އައިޝަތު އަންޖަަލް
237ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެންނަވާ ޕީއެންސީގެ "އަވަސް އަވަސް ބޮޑު ހިނގާލުން" މިއަދު ބާއްވަން ނިންމައިފިއެވެ.

މި ހިނގާލުން އޮންނަނީ ރަސްފަންނު ސަރަހައްދުން ފެށޭގޮތަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މިއަދު ބޭއްވޭ މި ހިނގާލުމަކީ ކުރިއަށް އޮތް 20 ވަނަ ރައްތިތުންގެ މަޖިލީހަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭނުކުރުމުގެ އެންމެ ފަހު ދުވަސް ކަމަށްވާތީ ބޭއްވޭ ހަރަކާތެކެވެ.

300 × 250

ކޮންމެ އިންތިހާބެއްގައިވެސް މިގޮތަށް ހިނގާލުންއޮވެއެވެ. އެގޮތުން ގިނައަދަދެއްގެ ބަޔަކު ހިނގާލުމުގައި ބައިވެރިވެއެވެ. މި ހިނގާލުން ކުރިއަށްދަނީ ހަވީރު 15:30 ކަމަށް އެ ޕާޓީން ބުނެއެވެ. މި ހަރަކާތް ކުރިއަށްދަނީ ހަވީރު 6:00 އާއި ހަމަޔަށެވެ.

ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 40،000 ކަމަށް މީގެ ކުރިން އެޕާޓީން ވަނީ މީގެ ކުރިން ބުނެފައެވެ.

އެހެންކަމުން ރާއްޖޭގެއޮތް ދެވަނައަށް އެންމެބޮޑު ޕާޓީއަކީ ޕީއެންސީއެވެ. މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީގެ ސަރުކާރެއް އުފެދުނުއިރު އެ ޕާޓީގައި ތިބީ 3،022 މެންބަރުން ކަމަށެވެ.

ނަމަވެސް އެއަދަދު 40،000 ވުރެ އިތުރު ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނާއިއެކު ބާއްވާ މި ހިނގާލުމުގައި ރައީސް ޑރ. މުއިއްޒު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި