މ. ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ގޮސް އުޅެނިކޮށް ގެއްލުނު ދޯނި އެމްއެންޑީއެފުން ހޯދައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ކަމަށާއި ދޯނިން ދަތުރުކުރި 3 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މި ދޯނި ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭގެ 22:06 ހާއިރުއެވެ. މި މައުލޫމާތު ފުލުހުން އެމްއެންޑީއެފާއި ރޭގެ 22:45 ހާއިރެވެ. އެމްއެންޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން މި ދޯނި ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން ދޯނި ހޯދުމުގެ މަސައްކަތަށް ކޯސްޓް ގާޑް ގެ އިތުރުން، އެމްއެންޑީއެފް ވައިގެ ބާރުން ވަނީ އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ވެސް ބޭނުންކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.