މާދަމާ، 21 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހު ބާއްވާ ދިވެހިރާއްޖޭގެ ވިހިވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ވާދަކުރާ ސަރުކާރުގެ މައިޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އުއްމީދާއި ޔަގީންކަން ބޮޑު އެއްވުންތަކަކުން ނިންމާލައިފިއެވެ.
މާލެ ސަރަހައްދުގެ ގިނަ ބައެއްގެ އެއްވުން ފެނިގެން ދިޔަ، "އަވަސް އަވަސް ބޮޑު ހިނގާލުން" ނަން ދެވިފައިވާ މި ފުރިހަމަ ހިނގާލުން މާލޭގައި ބޭއްވުމަށް ފަށްޓާފަައި ވަނީ މިއަދު ހަވީރު 4:00 ޖެހިއިރު ރަސްފަންނު ސަރަހައްދުންނެވެ. މިހިނގާލުން ނިންމާލާފައި ވަނީ ނުހަނު ފުރިހަމަކަމާއެކު އެހާމެ ޖޯޝާއެކު ގޮސް، އާޓިފިޝަލް ބީޗަށް، ދާދި ދެންމެއަކުއެވެ.

މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރުގެ ކެނޑިޑޭޓުންނާއި ސަޕޯޓަރުން އަަދި އާއްމުން ބައިވެރިވިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން އޮންނާނީ 21 އެޕްރީލްވާ އާދިއްތަ ދުވަހުގެ ހެނދުނު 8 ން ހަވީރު 5:30 އަށެވެ.
މި ފަހަރުގެ އިންތިހާބުގައި މާލެ އާއި އަތޮޅުތަކުގެ 93 ދާއިރާއަށް ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.