ތިނަދޫ ސިޓީ ގެ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލާފައިވާ ކެންޑިޑޭޓް މުހައްމަދު އަލްސަން އަހުމަދުގެ ކެމްޕޭންގެ ފަހު ވަގުތު ފެނިގެން ދިޔައީ ތަފާތު ނަތީޖާއެއް ނެރޭނީ ކަމުގެ ޔަގީންކަން ދެމުންނެވެ. ތިނަދޫ ދެކުނު ދާއިރާ އަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާފައިވާ ހަމައެކަނި ކެންޑިޑޭޓް އަލްސަނަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވެ މިއަދު ހަވީރު ކުރިޔަށް ގެންދިޔަ ސައިކަލު ބުރު ފަށާފައިވަނީ ތިނަދޫ ދެކުނު އަވަށުގެންބެވެ. ބުރު ނިންމާލީ އުތުރު އަވަށު ހިއްކި ފަސްގަނޑުންނެވެ."މިނިވަން ސައިކަލު ބުރު" ނަމުގައި ތިނަދޫ ދެކުނު ދާއިރާ ކެންޑިޑޭޓް ނަންބަރު 1, ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ދެ ދާއިރާ ގެ މަގުތަކުގައި ކުރިޔަށް ގެންގޮސް ފައި ވެއެވެ. ތިނަދޫ ދެކުނު ދާއިރާއަށް އެމްޑީޕީ ގެ ފަރާތުން ޒިޕްލީނާ އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ކެނޑިޑޭޓް ގޮތުގައި ޝރީ ވާދަ ކުރައްވާ އިރު އަލސަން ފަރާތުން ވެސް ދަނީ ދޫ ނުދޭން ފަދަ ނަތީޖާއެއް ނެރޭނީ ކަން ދައްކަމުންނެވެ. 20 ވަނަ ރައްޔިތުންގެ މަޖްލިސްގެ ކެމްޕެއިން ކުރުުމަށް އިލެކްޝަންސް އިން ދީފައިވާ އެންމެ ފަހު ވަގުތަކީ މިއަދު ހަވީރު 6 އެވެ.
އަލްސަންގެ ކެމްޕެއިން ފަހު ވަޤުތު, ފެނިގެން ދިޔައީ ބޮޑު ތަފާތެއް!

300 × 250






ޚިޔާލު (1)
ބަރާބަރު