1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މީޑިއާތަކުން އިންތިޚާބުތަކާ ބެހޭ ގައިޑްލައިނަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފި

ޕސމ
މަރިޔަމް ވަހީދާ....ފޮޓޯ: ޕީއެސްއެމް
މަރްޔަމް ޝަފާ ސައީދު
233ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަދު ކުރިއަށްދާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަވަރުކުރުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ބްރޯޑްކޮމްއިން ކަނޑައަޅާފައިވާ ގައިޑްލައިނަށް ހުރުމަތްތެރިކޮށްހިތުމަށް، އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަޙީދާ އިލްތިމާސް ކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މަރިޔަމް ވަހީދާ ވިދާޅުވީ، އިންތިޚާބާއި ގުޅިގެން ބްރޯޑްކޮމްއިން ވަރަށް ދުރާލާ މަސައްކަތް ފަށާފައިވާކަމަށާއި ބްރޯޑްކާސްޓަރުން ހޭލުންތެރިކުރުމާއި މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މައްސަލައެއް ޖެހިއްޖެނަމަ އެ މައްސަލަ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށްވެސް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މަރިޔަމް ވަހީދާ ވިދާޅުވީ އިންތިޚާބު ކުރިއަށްދާއިރު ބްރޯޑްކާސްޓުކުރާ ކޮންޓެންޓު، މޮނިޓަރިން ކޮމިޓީން މޮނިޓަރ ކުރަމުންދާނެކަމަށާއި މައްސަލައެއް އަތުވެއްޖެނަމަ ފާސްޓް ޓްރެކް ކޮމިޓީން މައްސަލަ ބަލާނެކަމަށެވެ.

300 × 250

މަރިޔަމް ވަހީދާ ވިދާޅުވީ އިންތިޚާބުތަކާއި ގުޅިގެން އެންމެ އާންމުކޮށް ކުރިމަތިވާ މައްސަލަތަކަކީ، ކެމްޕޭން ކުރުމުގެ ސުންގަޑި ހަމަވުމަށްފަހު ކެމްޕޭންކުރުން ކަމަށެވެ.

ކޮންމެ އިންތިޚާބެއްގައި ވެސް އެންމެ އިސްކަމެއްދޭންޖެހޭނީ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދިނުމާއި، ތެދު މަޢުލޫމާތު އެންމެ ފުރިހަމައަށް ގެނެސްދިނުން ކަމަށް ވިދާޅުވެ މިކަންކަމަށް ސަމާލުކަން ދިނުމަށް މަރިޔަމް ވަހީދާ އިލްތިމާސްކުރެއްވިއެވެ.

ބްރޯޑްކާސްޓަރުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރުމާއި، ކެންޑިޑޭޓުންނަށް ޚާއްސަކޮށްފައިވާ ވަގުތު ދިނުމުގައި ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، ޚަބަރު ހުށަހެޅުމުގައި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތެދު މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިންގައި، ނޫސްވެރިންނާ ޕްރެޒެންޓަރުންގެ ރައްކާތެރިކަން ކަށަވަރުކުރުން ވެސް ހިމެނެއެވެ. އެގޮތުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން ކުރާ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސްނޭޅުމަށް އެ ގައިޑްލައިންގައި ވެއެވެ. އަދި ޢާންމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ސަލާމަތީ ޚިދުމަތްތަކުން ކުރާ އަމުރުތަކަށް ނޫސްވެރިންނާއި ޕްރެޒެންޓަރުންވެސް އިހްތިރާމް ކުރުމަށް ގައިޑްލައިންގައިވަނީ ބަޔާން ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި