ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފެށި ގަޑިއެއްހާއިރުގެ ތެރޭގައި ސައުވިސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ މިހާތަނަށް ވޯޓުލާފައިވަނީ ޖުމްލަ 24،703 މީހުންކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 7،803 އަންހެނުންނާއި، 16،900 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 5.94 އިންސައްތައެވެ. https://twitter.com/ElectionsMv/status/1781909622980489639

އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 284،663 މީހުންގެ ތެރެއިން މިހާތަނަށް 259،960 މީހުން ވޯޓު ނުލައެވެ.

93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:30 އާއި ހަމައަށެވެ. މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ވަނީ ބަހައްޓާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާވެސް އަވަހަށް އިންތިޚާބުގައި ވޯޓުލުމަށް އިލްތިމާސްކުރައްވާފައެވެ.