މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ފެށިތާ 3 ގަޑިއިރު ތެރޭގައި 24.92 އިންސައްތަ މީހުން ވޯޓުލާފައިވާކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ މިއަދު ހެނދުނު 11:00 އާއި ހަމައަށް 29،762 އަންހެނުންނާއި 41،187 ފިރިހެނުން ވޯޓުލާފައިވާކަމަށެވެ

އެއާކު ޖުމްލަ ވޯޓުލާފައިވާ މީހުންގެ އަދަދު މިވަނީ 70،949 އަށް އަރާފައެވެ. މިހާތަނަށް ވޯޓުނުލާ މީހުންގެ އަދަދަކީ 213،714 އެވެ. އެއީ ވޯޓުލެވޭ ޖުމްލަ އަދަދުގެ 75.08 އިންސައްތައެވެ.

މި އިންތިހާބުގައި ޖުމްލަ 139،361 އަންހެނުންނަށާއި 145،302 ފިރިހެނުންނަށް، އެކުޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.