1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލިސް އިންތިހާބު 2024: 5:30 ވުމާއެކު ކިޔުތައް ބަންދު ކޮށްފި

ban
ފަސްގަޑި ބައި ވުމާއެކު ވޯޓުލުމަށް ހަދާފައިވާ ކިއުތައް ބަންދު....ފޮޓޯ:އަދަދު
މަރްޔަމް ޝަފާ ސައީދު
181ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ހަމަވެ، 5:30 ވުމާއެކު ކިއުތައް ބަންދުކުރަން ފަށައިފއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓު ނެގުމުގެ ވަގުތު ހަވީރު 5:30 އަށް ހަމަވެ ކިއުތައްވަނީ ބަންދުކުރެވިފައި ވާކަމުގައެވެ. އަދި ކިއުގައި މީހުން ތިބިނަމަ އެ ބޭފުޅުން ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރެވޭނެ ކަމަށްވެސް އީސީން ބުނެފައި ވެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށް 64 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

300 × 250

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށް 181،406 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 64.73 އިންސައްތައެވެ. އަދި މީގެ ތެރޭގައި ހިމެނެނީ 88،230 އަންހެނުންނާއި 93،176 ފިރިހެނުންނެވެ.

https://twitter.com/ElectionsMv/status/1782025521163124797

93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:30އާ ހަމައަށެވެ. ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ޖެހިއިރުއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓު ގުނަން ފަށާނީ ފޮށިތައް ބަންދުކުރާތާ ބައިގަޑިއިރު ފަހުން ކަމަށެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި