1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހިންގެ ހިދުމަތުގައި ރެއާދުވާލު ސިފައިން ކުރާ ހިންމަތާއި މިންނަތް ޝުކުރާއެކު ބަލައިގަންނަން: ރައީސް

ރައެ
ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު
މަރްޔަމް ޝަފާ ސައީދު
229ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރެއާއި ދުވާލު ދިވެހީންގެ ޚިދުމަތުގައި ސިފައިން ކުރާ ހިންމަތާއި މިންނަތް ޝުކުރާއެކު ހުރިހާ ދިވެހީންވެސް ބަލައިގަންނަ ކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ގައުމާއި ރައްޔިތުންނަށްޓަކައި ރޭގަނޑާއި ދުވާލު އިހްލާސްތެރި ހިދުމަތުގައި ގަދަ ހިތްވަރާ އަޒުމާއެކު ދިވެހި ސިފައިން ކުރައްވަވާ ހިންމަތާއި މިންނަތް ދިވެހިން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު," ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިިދާޅުވިއެވެ.

300 × 250

ދިވެހި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ޤާނޫނުއަސާސީއާއި ސިފައިންގެ ޤާނޫނުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ފަދައިން ދިވެހި ސިފައިން ތަރުތީބުކޮށް، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ސަލާމަތްތެރިކަމާއެކު ބެލެހެއްޓުމުގައި އަމިއްލަ ޤާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމުގެ މަސައްކަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އެ ނިންމެވުމާއި އެއްގޮތަށް  "އެމް.އެން.ޑީ.އެފް އެއަރ ކޯރ" އުފައްދަވައި، ވައިގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ބާރުގެ ޚިދުމަތަށް އެންމެ ފުރަމަތަ ފަހަރަށް އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ޑްރޯންގެ ޚިދުމަތް ވަނީ ފަށާފައެވެ.

އެ ޑްރޯންގެ ފުރަތަމަ އޮޕަރޭޝަން އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، އެ އޮޕަރޭޝަންގައި މ.ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ގޮސް އުޅެނިކޮށް ގެއްލުނު ދޯނި ވަނީ ހޯދައި އެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި