މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން ކާމިޔާބު ކުރައްވައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، ޖީހާން މަހްމޫދު މި އިންތިހާބުން ބަލިވުމަކީ ސިޔާސީ ގޮތުން ބަލާއިރު އެ ރަށަށް އައި ބޮޑު ބަދަލެކެވެ.
ޖީހާންގެ ކުރީން ފަސް ދައުުރު ހިންނަވަރު ދާއިރާގެ މެންބަރު ކަން ކުރެއްވީ ރައީސް ސޯލިހެވެ. ދެވަނަ ފަހަރަށް ޖީހާނަށް ގޮނޑި ހޯއްދަވައި ދެއްވުމަށް ރައީސް ސޯލިހް ވަނީ ކެމްޕެއިން ގައި ދެ ފަހަރު މަތީން ހިންނަވަރަށް ވަޑައިގެން ވަރުގަދަ ކެމްޕެއިނެއް ހިންގަވާފައެވެ. ނަމަވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.