މީގެ ކުރިން އެމްޑީޕީން ރަސްކަން ކުރަމުން އައި ގެމަނަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމް ޕީއެންސީ ގެ ކެންޑިޑޭޓް އަސަދުﷲ ޝިހާބު ކާމިޔާބު ކުރައްވައިފި އެވެ.

މި ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ މިހާރުވެސް މި ދާއިރާ ތަމްސީލް ކުރައްވަމުންދާ މެމްބަރު އަހުމަދު ސައީދު އެވެ.

ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން މިއަދު ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ. ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.