އިއްޔެ ކުރިއަށް ދިޔަ ދިވެހިރާއްޖޭގެ ވިހި ވަނަަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓާ ގުޅޭ އެކި މައްސަލަތަކުގައި ފުލުހުން ހައްޔަރު ކުރި 3 މީހުން ދޫކޮށްލައިފި އެވެ.

ވޯޓާ ގުޅޭ އެކި މައްސަލަތަކުގައި ތިން މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން އެކަކަކީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން ހައްޔަރުކުރި މީހެކެވެ.

އަނެއް ދެ މީހުން ހައްޔަރުކުރީ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައިގަ އެވެ. އެ މީހުން ހައްޔަރުކުރީ ގދ. ފިޔޯރީންނެވެ.

މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރާއިރު، ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ. ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއް އަދި އެމްޑީއޭގެ ދެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ.

މި އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.