1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުޅުމާލޭގައި، ބާރުސްޕީޑެއްގައި ދުއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

xx
އޭޕްރިލް،24، 2024، ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް ފުރޮޅާލި ކާރެއް-- ފޮޓޯ: އެކްސްޕޯސްޓް
މަރްޔަމް ޝަފާ ސައީދު
270ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް, ކޮންޓްރޯލުން ނެއްޓިގެންގޮސް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ކާރު ފުރޮޅާލާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ކާރު ފުރޮޅާލައިގެން ގޮސް ހުއްޓިފައި އޮތީ ސެންޓްރަލް ޕާކު ތެރޭގައެވެ.

މިހާދިސާ ހިނގި ވަގުތުގައި ކާރުގައި 5 މީހަކި ތިބި ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

300 × 250

މިހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ފަތިހު 5:35 ހާއިރު ކަމަށެވެ.

އެކްސިޑެންޓުވި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާގެ ލައިސަންސް ހިފަހައްޓާފައިވާއިރު، ކާރު ޓޯ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި