1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުރީގެ މެންބަރުންނަށް ދޭ 18 ހާހާއި 27 ހާސް ރުފިޔާގެ އެލަވެންސް އުވާލަން ގޮވާލަނީ

ހުތ
ރައްޔިތުންގެ މަޖިލިސް .....
މަރްޔަމް ޝަފާ ސައީދު
1,416ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދޭ 18 ހާހާއި 27 ހާސް ރުފިޔާގެ އެލަވެންސް އުވާލުމަށް ގޮވާލާ އަޑު ސޯޝަލްމީޑިޔާގައި ގަދަވެއްޖެ އެވެ.

ސޯޝަލްމީޑިޔާގައި އަޑު އުފުލަމުން ދަނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަން ކޮށްފިނަމަ އެއް ދައުރު ފުރިހަމަ ކުރާ ފަރާތަަށް އަދި ދެ ދައުރުފުރިހަމަކޮށްފައިވާ ފަރާތަކަށް ނަމަ ދޭން ގާނޫނުގައި ކަނޑައަޅާފައިވާ އެލަވަންސްގެ ބޮޑުކަން ފާހަގަކޮށް، އެއީ ދައުލަތަށް އުފެލޭ މިންވަރަށް ވުރެ ބޮޑު މާލީ ބުރައެއް ކަމަށް ބުނަމުންނެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގިނަ މެންބަރުންނަކީ މުޅިން އާ މެންބަރުންނެވެ. ނިމިގެންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން ދެ ވަނަ ދައުރެއް ހޯދާފައިވަނީ އެންމެ 11 މެންބަރުންނެވެ.

300 × 250

އެންމެ މަދުވެގެން މަޖިލީހުގެ މެންބަރުކަން، އެއް ދައުރު ފުރިހަމަ ކުރާ މެންބަރުންނަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ހިދުމަތުގެ އިނާޔަތް ކަނޑައަޅާފައިވެއެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30އިން ސައްތަ ދައުލަތުން ދޭންވާނެ ކަމަށާއި އަދި މަޖިލީހުގެ ދެ ދައުރު އަދާ ކޮށްފިނަމަ މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 45އިންސައްތަ ދޭންވާނެ ކަމަށް ބުނެފައިވެއެވެ.

ކަންމިހެން އޮތް ކަމަށްވާއިރު މި ނިމޭ މަޖިލީހުން ވެސް 76 މެންބަރަކަށް އެލަވެންސް ދޭން ޖެހޭނެ އެވެ.

އޭގެ ތެރޭގައި އެއް ދައުރު ފުރިހަމަކުރި ގިނަ މެންބަރުންނާއި ދެ ދައުރު ނުވަތަ ތިން ދައުރު ފުރިހަމަކުރި މެންބަރުން ހިމެނެ އެވެ.

ގާނޫނުގައި ބުނާ ގޮތަށް އެލަވެންސް ދޭ ނަމަ، އެއް ދައުރު ފުރިހަމަ ކުރާ މެންބަރަކަށް 18،000ރ. އަދި ދެ ދައުރަށް ވުރެ އިތުރަށް އަދާކުރާ މެންބަރަކަށް މަދުވެގެން 27،000ރ. ލިބޭނެ އެވެ.

ކޮންމެ މަޖިލީހަކަށް ވެސް އާ މެންބަރުން ހޮވުމުގެ ޓްރެންޑެއް އޮތްއިރު، ކުރީގެ މެންބަރުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދެ އެވެ. މަޖިލީހުގެ މެންބަރުންގެ އަދަދު ވެސް އެއް ދައުރުން އަނެއް ދައުރަށް ދަނީ އިތުރުވަމުންނެވެ. އަދި އާ މެންބަރުން ހޮވިގެންދިއުމާއެކު އެއްދައުރު ނުވަތަަ ދެ ދައުރު ފުރިހަމަ ކޮށްފައިވާ މެންބަރުންނަށް ދޭން ޖެހޭ އެލަވަަންސަކީ ނުހަނު ބޮޑު އަދަދަކަށް ވާއިރު، މި އެލަވެންސް އުވާލުމާ ގުޅޭ ގޮތުން އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި މަޖިލިސް މެންބަރުން ވެސް ވަކާލާތު ކުރަމުން ނުދާތީ، ސޯޝަލް މީޑިއާގައި މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ ދެކޮޅަށް ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި