ހުޅުމާލެ-މާލެ ބަސްދަތުރު މެނޭޖް ނުކުރެވޭ ކަމުގެ ޝަކުވާ ޝޯޝަލް މީޑިއާ ތަކުގައި ހާމަ ކުރަން ފަށައިފިއެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހަކު ފޭސްބުކް ގައި ބުނެފައި ވަނީ ހުޅުމާލެ-މާލެ ބަސްތަކުން މިހާރު ދަތުރު ކުރަންޖެހެނީ ވަރަށް ހާލުގައިކަމަށާއި ހެނދުނު 6:30 -8:30 އަށް މިދަނީ ދަތުރުތައް މެނޭޖް ނުކުރެވެމުންކަމަށެވެ.
އޭނާ އިތުރަށް ބުނެފައި ވަނީ ބަސްތައް އެގަޑީގައި ބަސް ބަސްތައް ފުރިބާރު ވުމުގެ ސަބަބުން ގިނަ ބަސްހުއްޓިތަކުން މީހުން ނައަރުވާ ކަމަށާއި މިހެންވުމުގެ ސަބަބުން އާއްމު ރައްޔަތު މީހާ ދާން ބޭނުންވާ ތަނަކަށް ނުދެވި ގަޑިޖެހޭކަމަށެވެ.
ފޭސްބުކް ގައި ދައުރު ވަމުންދާއެ ޕޯސްޓް ކުރި ފަރާތުން މިހާރު ހުޅުމާލެ-މާލޭގައި ބަހުގެ ޚިދުމަތް ދެމުންދާ އެމްޓީސީސީ އަށް ޓެގްކޮށް ބުނެފައިވަނީ, މިކަންތައް ބަސް ދަތުރު ތައް ހިންގާ ރައްޔައްތުންގެ ކުންފުނިން ވާނެތޯ އަދި ސަރުކާރުން މިކަމަށް އިތުރު ގޮތެއް ހޯދަން ޖެހޭ ކަމަށާއި ހުޅުމާލެ-މާލެ ގައި ދިރިއުޅޭ ރައްޔިތުން ގަޑިޖެހުމުން ޒިންމާނަގާނީ ކޮންފަރާތަކުންތޯ ބުނެ ސުވާލު އުފައްދާފައެވެ. އެ ލިޔުމުގައި އިތުރަށް ބުނެފައި ވަނީ ބަހުގައި ކޮޅަށް ހުރެގެން ދަތުރުކުރުމުން ސިއްހީ ގޮތުން ލިބޭގެއްލުމަށް ޒިއްމާނަގާނީ ކާކުތޯއާއި ޑަބަލް ޑެކަރ ބަސްތައް އެގަޑީގައި ދަތުރު ނުކުރަނީ ކީއްވެތޯ ވެސް ބުނެފައެވެ.
ހުޅުމާލެ-މާލެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނީ ބަހުގެ ޚިދުމަތް މިހާރު ދާ ގޮތުން ވަރަށް ގިނަ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.
ފޭސްބުކް ގައި މިއަދު ދައުރު ވާންފެށި މި ވާހަކަ ތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ޚިޔާލު ފާޅު ކުރަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.