20 ވަނަ މަޖިލީހުގައި މައިނޯރިޓީއަށް އިހުތިރާމް ކުރާ މެޖޯރިޓީއެއް ފެނިގެންދާނެ ކަމަށާއި އޭގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ މި ސަރުކާރަށް ރައްޔިތުން ދީފައިވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އިތުބާރު ކުރާތީ ކަމަށެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަޖިލީހުގެ ސުޕަ-މެޖޯރިޓީއާއެކުވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފެއިލްވި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުންވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފެނިގެންދިޔައީ ސަރުކާރަށް ދަތިކުރުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއަށް ބޮޑެތި ދަތި އުނދަގުލާ ކުރިމަތިވިކަމަށެވެ. އެގޮތުން، ބިލުތަކަށް ބަހުސްކޮށް ބިލު ހުށަހަޅާއިރު ވެސް މެޖޯރިޓީގައި ތިއްބެވި މެންބަރުންގެ ފަރާތުން ދަތިތަކާ ފުރައްސާރައާ ކުރިމަތިވިކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 20 ވަނަ މަޖިލީހުގައި އެ މަންޒަރުތައް ނުފެންނާނެ ކަމަށް ވެސް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އަދިވެސް އިތުރަށް ޝިޔާމް ވިދާޅުވީ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއަށް ބޮޑެތި ދަތި އުނދަގުލާ އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 20 ވަނަ މަޖިލީހުގައި އެ މަންޒަރުތައް ނުފެންނާނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.