ތިނަދޫ ސިޓީގައި ހިނގާ ދިރިއުޅޭ ކުޅަދާނަ ފަންނާނުން އުފައްދަމުން އަންނަ ކުރު ޑުރާމާ ތަކުގެ ތެރެއިން މިފަހަރުގެ ޑުރާމާ އަމާޒު ކޮއްލީ ސީދާ ކާޑެއްދޫ އެއަރޕޯޓަށެވެ. ގިނަ ބައެއްގެ ސަމާލުކަން ހޯދަންދާ ވީޑިއޯ ތައް ތައްޔާރު ކުރަމުންދާ ސްޓޫޑިއޯ 33 ގެ ޓީމުން ކުޅެފައިވާ މި ވީޑިއޯގައި ފެނިގެން ދަނީ އެ އެއަރޕޯޓްގެ ބަދަލު ނުވާ ޙާލަތުގެ ތެރެއިން ދެތިން ކަމެކެވެ. ނަމަވެސް ބޮޑަށް ދައްކައިދީފައި ވަނީ އެތަނުގައި ފަސެންޖަރުންގެ ލަގެޖް ގެނެސް ބަހައްޓާ ފޮށިގަނޑެއްހެން ހުންނަ އެއްޗަކަށެވެ. 10 ވަރަކަށް ފޫޓު ދިގު 4 ވަރަކަށް ފޫޓު ފުޅާ އެ އެއްޗަކީ ކާޑެއްދޫ އެއަރޕޯޓް ހުޅުވި ފަހުން މިވީ 31 އަހަރު ވެސް އެކަމުގައި ބޭނުން ކުރަމުންދާ އައްޓެކެވެ. 1993 ވަނަ އަހަރު ޑިސެމްބަރު 10 ގައި ހުޅުވި ކާޑެއްދޫ އެއަރޕޯޓްގެ ޓާމިނަލްގައި ބޭނުންކުރާ "ލަގޭޖް އަށި" އެގޮތުގައި އެއްވެސް ބަދަލެއް ނުގެނެސް އެހެން ބޭނުން ކުރާތީ ވަރަށް ގިނަ ބަޔަކު ފާޑު ކިޔާތާވެސް އެތައް ޒަމާނެއް ވެއްޖެއެވެ. ސަރުކާރަށާއި އެތަން ޙަވާލުވެ ހިނގާ ކުންފުނި ތަކަށް އެތައް ހަޖޫ އެއް ޖަހާތާ އެތައް އަހަރެއް ވެއްޖެއެވެ.

އެ އައްޓާ “ އެ އައްޓާ” Cast : Mohamed Majid ThoMas De KoYya Rio ManNa ???? @Ismail Afeef Chappala Studio Posted by Studio 33 on Wednesday, April 24, 2024

ރައީސް މައުމޫނުގެ ޒަޢާމަތުގުގައި ހުވަދު އަތޮޅުގައި ހެދި ކާޑެއްދޫ އެއަރޕޯޓް މިހާރު ހިނގަމުންދަނީ ރާއްޖޭގެ އެންމެ މުއްސަނދި އެއް މަހުޖަނު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިންނެވެ. ސްޓޫޑިއޯ 33 ގެ ކޮމެޑީ ޑުރާމާ "އެ އައްޓާ" އިން ގިނަ މެސެޖު ތަކެއް ދެއެވެ. ފްލައިޓުން އުފުލާ ތަކެތީގެ ޙާލަތާއި، މި ޒަމާނާ އެއްވެސް ގުޅުމެއް ނެތް ގޮތަކަށް އެ ތަކެތި ބޭނުން ކުރާ ގޮތެވެ. އެތަނުގެ އެހެނިހެން ހާލަތެވެ. މި ވީޑިއޯ މިހާރު ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

kdm

ސްޓޫޑިއޯ 33 ގެ ކޮމެޑީ ޑުރާމާ 'އެ އައްޓާ' I ގެ ކާސްޓުން ގިނަ އަދަދަކަށް ފަތުރުވެރިން ވެސް ދަތުރު ކުރުމަށް ބޭނުން ކުރާ ކާޑެއްދޫ އެއަރޕޯޓްގެ "ނިކަމެތި ޙާލުގައި" ބޭނުންކުރާ ލަގެޖް އައްޓަކީ މިހާރު ދާރުލްއާސާރު ލާންޖެހޭ އެއްޗަކަށް ވަނީ ވެފައެވެ. އެ ބޭނުން ކުރަން ފެށި މީހުންނަށް މާމަ ކާފަ ކިޔާ ކުދިން މިހާރު ބޮޑު ވެއްޖެއެވެ. އެކުދިންނަށް ދަރިން ލިބި މުނި މާމަ މުނި ކާފަ ކިޔަން ފަށައިފިއެވެ. އެކަމަކުވާ! އެއީ ކޮންފަދަ ގަދަފަދަ އައްޓެއް ހެއްޔެވެ. ކުލައަކަށް ބަދަލެއް ނާދެހެވެ. ތަނެއް ހަލާކެއްވެސް ނުވެއެވެ. އެހެން ވީމާ ރައީސް މައުމޫން 30 އަހަރުގެ ވެރިކަމަށް ވުރެ މި އަށީގެ އުމުރު 1 އަހަރު ދޮށި ވެއްޖެއެވެ. އެހެންވީމާ ޤަދީމީ ތަރިކަ ބަލަހައްޓާ ތަނަކަށް ލިޔަސް އެންމެ ރަނގަޅު ތާއެވެ.