ސިއްހީ މަރުކަޒުން އެއާޕޯޓަށް ގެންދިޔަ ބަލިމީހަކު ނިޔާވީ އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ. މި ހޮނިހިރު ދުވަހުގެރޭ ނިޔާވެފައި ވާ (ތ. ކިނބިދޫ، ހިތައްފިނިވާގޭ) 74 އަހަރުގެ އަޒީޒާ އިބްރާހީމް ބަލިވެގެން ވޭމަންޑޫ ހޮސްޕިޓަކުގައި ފަރުވާދޭން ބޭއްވުމަށް ހާލު ދެރަވެފައިވާ ވަރުން އަވަހަށް މާލެ ގެންދިއުމަށް ޑޮކްޓަރުން އިރުޝާދުދެއްވިކަމަށްވެއެވެ. އަޒީޒާ ސީއެމްބިއުލާންސް ތިމަަރަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައެވެ، އޭރުވެސް އަޒީޒާ އޮތީ އޮކްސިޖަންގައެވެ. އަޒީޒާގެ ހާލު ބޮޑަށް ގޯސްވީ ސިއްހީ މަރުކަޒުން އެެއަރޕޯޓަށް ދަނިކޮށް، ކަމަށް އަޒީޒާގެ އާއިލާއާވެސް ގާތް އެކުވެރިއަކު މައުލޫމާތު ދިނެވެ. އަދި އަޒީޒާގެ ހާލު ގޯސްވެގެން ދިޔައިރު އޮކްސިޖަން ފުޅި ހުރީ ހުސްވެފައި ކަމަށްވެއެވެ. ވަކިވެގެން ދިޔަ އަޒީޒާއަކީ ގާތްތިމާގެ ދައްތައެއް ކަމަށާއި ދެރަވަނީ ނޭވާލުމުގެ މައްސަލައެއް ދިމާވެގެން އެމަޖެންސީކޮށް އެއަރޕޯޓަށް ގެންދިޔައިރު އޮކްސިޖަން ފުޅި ހުސްވެފައި ހުރުމުން ކަމަށް ބުނެ އެކްސް.ކޮމްގައި އިއްޔެ ވަނީ މީހަކު ވަނީ ޕޯސްޓެއްކޮށްފައިވެއެވެ.

ވޭމަންޑޫ ހޮސްޕިޓަލުން ތިން ދުވަހު ފަރުވާދިނުމަށް ފަހު، ބަލިމީހާ ދެރަވެގެން މާލެ ގެންދަން އިރުޝާދު ދިނެވެ. ހާލު ދެރަވުމުން އެމީހާ މާލެ ގެންދިޔުމަށް ސީ އެމްބިއުލާންސްގައި ތިމަރަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ އޮކްސިޖަން ގުޅައިގެންނެވެ. އަދި ހާލު ދެރަވީ ސިއްހީ މަރުކަޒުން އެއާޕޯޓަށް ދިޔަ މަގުމަތީގައެވެ. އޭރު އޮކްސިޖަން ފުޅި ހުރީ ހުސްވެފައި ކަމަށް އެކި މީޑިއާތަކުން އާއިލާއާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ.

މިއީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ދިމާވާ މައްސަލައެކެވެ, އޮކްސިޖަން ފުޅި ނެތުމާއި ފުޅި ރީފިލް ނުކޮށް ހުރުމަކީ ރަށްރަށުގައި ތިބޭ ނޭވާހިއްލުމުގެެ މައްސަލަ ހުންނަ ބަލިމީހުންނަށް ނުހަނު ނުރައްކާތެރި ތަންތަނެވެ.