ހުޅުމާލެ ފަޅުގައި އޮތް ޑްރެޖަރެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދުގެ 10:38 ހާއިރު ހުޅުމާލެ ފޭސް ތިނެއްގެ ފަޅުގައި އޮތް ޑްރެޖަރެއްގައި ހާދިސާއެއް ހިންގިކަމުގެ ރިޕޯޓާއި އަދި އެ ހާދިސާގައި ބިދޭސީއަކަށް އަނިޔާ ވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. އެހާދިސާގައި މަރުވި ބިދޭސީ މީހާ އަކީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ހާދިސާއެއް ހިނގައި މީހަކު މަރުވި އިރު އެއީ ކޮންކަމަކަށް ބޭނުން ކުރަމުން އައި ޑްރެޖަރެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.