1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަތަރު އަހަރަށްފަހު މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރަނީ

Youth Ministry Team Meats Kulhudhuffushi
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ މަޝްވަރާގެ ތެރެއިން،ޔޫތު މިނިސްޓްރީގެ ވަފުދެއް ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ-- ފޮޓޯ: ފޭސްބުކް
ހުވަދޫ ނިއުސް ޓީމް
870ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހަތަރު އަހަރަށްފަހު މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ހދ. ކުޅުދުއްފުށީ ސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށި ސިޓީ ކައުންސިލުން ފަށައިފިއެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނާސިހު ރަޝީދު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޒުވާނުންގެ ދުވަސް ހަތަރު އަހަރަށްފަހު ގައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ގިނަގުނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އެގޮތުން ބާއްވާ ހަރަކާތްތަށް ހަފްތާއަކަށް ދިގުދެމިގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަން ވެސް ނާސިހް ފާހަގަކުރެއްވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، އެގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ ދުވަހުގެ އެންމެ ހާއްސަ އިވެންޓް ކަމުގައިވާ ޔޫތު އެވޯޑް 18 ފަރާތަކަށް ދިނުމާއި، ޖަމްޢިއްޔާ ތަކުގެ މަހާސިންތާއެއް ބޭއްވުމާއި، ޒުވާނުން ހޭލުންތެރި ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނާނުން ހިމެނޭ ގޮތަށް ހާއްސަ ސްޓޭޖް ޝޯވް އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

300 × 250

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ބާއްވާ ރަސްމިއްޔާތްތަކުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ދައުލަތުގެ ވެރިންނާއި، ކުރިން ޒުވާނުންގެ އެވޯޑު ލިބިފައި ތިބި ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ނާސިހް ވިދާޅުވިއެވެ.

މިހަރަކާތްތައް ކުލަގަދަކޮށް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އެރަށުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިތުރުން ރައްޔިތުން ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ނާސިހު ވިދާޅުވިއެވެ.

ރާއްޖޭގައި ޒުވާނުންގެ ދުވަސް އެންމެ ފަހުން ފާހަގަ ކޮށްފައިވަނީ 2017 ވަނަ އަހަރު މާލެސިޓީގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި